"މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021" ގެ ބައިވެރިން ކުޅުދުއްފުށީ ސިޓީއަށް ދިޔުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
"މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021" ގެ ބައިވެރިން ކުޅުދުއްފުށީ ސިޓީއަށް އިއްޔެ ގޮސްފައިވާއިރު، މި ޓުއަރގެ ބައިވެރިންނަށް މަރުޙަބާ ދެއްނެވުމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފްގެ އިތުރުން އެ ސިޓީގެ ބައެއް ކައުންސިލަރުން ވެސް ވަޑައިގަތެވެ. އަދި މި ޓުއަރގެ ބައިވެރިންނަށް އެ ސިޓީން މަރުހަބާ ކިޔާފައި ވަނީ ގައުމީ ސިފަތަށްއެކުލެވޭ ސަގާފީ ވައްޓަފާޅިއާއިއެކުގައެވެ.
މި ޓުއަރގެ ތެރެއިން ކުޅުދުއްފުށީގެ ބައެއް ޒުވާނުންނަށް ޖެޓްސްކީ ދުއްވާލުމުގެ ފުރުސަތުވެސް ވަނީ ލިބިފައިވާކަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ.
“މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021” ގެ ބައިވެރިން މިއަދު ވަނީ ކުޅުދުއްފުއްޓަށް ޒިޔާރަތް ކުރައްވާފައި. މި ޒިޔާރަތުގައި ކުޅުދުއްފުށީގެ ބައެއް ޒުވާނުންނަށް ޖެޓްސްކީ ދުއްވާލުމުގެ ފުރުސަތުވެސް ވަނީ ލިބިފައި.
1/2 pic.twitter.com/lpXiYyKuTU— Kulhudhuffushi City Council (@kfcitycouncil) September 22, 2021
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ޖެޓްސްކީގައި ދަތުރުކުރުމަށް "ޖެޓްސްކީ ޓޫއާ 2021"ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތް ފައްޓާފައި ވަނީ ހއ. ތުރާކުނުންނެވެ.
މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާނެ ހަ މީހަކު ހަމަޖެހިފާވާއިރު ދަތުރުގެ ތެރެއިން އެފަރާތްތަކުގެ ހާއްސަ ހަރަކާތްތަކެއް ދައްކާލުމަށް ވެސް ވަނީ ރާވާފައެވެ. މިގޮތުން މި ދަތުރުގެ ތެރެއިން ރާއްޖޭގެ 20 ރަށަކަށް ދަތުރު ކޮށް ހަތަރު ރަށެއްގައި މަޑުކުރުމަށް ނިންމާފައިވާއިރު އެމްއެންޑީއެފްް އިން ވަނީ ދަތުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ހަވާލުވެފައެވެ.
މޯލްޑިވްސް ވޯޓަރ ސްޕޯޓްސް އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތް ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 27 އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!