"އެޑިޔުކޭޝަން އިން އެމަޖެންސީ އެވައިޒަރީ ކޮމިޓީ"ގެ ނަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކޮމިޓީއެއް އެކުލަވާލައިފިއެވެ.

މިގޮތުން އެކުލަވާލެވުނު މިކޮމެޓީގެ މަސައްކަތް އިއްޔެފަށައި، އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވެއެވެ.

Ad
rt

މިކޮމިޓީ އަކީ ދަރިވަރުންގެ އިންސާނީ ކަރާމާތަށް ބުރޫ އަރާފާނެ ފަދަ ހާދިސާތަކާ، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު ސްކޫލުގެ މާޙައުލާއި ސްކޫލްގެ ރައްކާތެރިކަން ދެމެހެއްޓުމަށް އަދި އެކިއެކި އިމަޖެންސީތަކާއި ޑިޒާސްޓަރގެ ޙާލަތްތަކަށް އިޖާބަދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުމަށް އެކުލަވާލަފައިވާ ކޮމެޓީއެކެވެ.

މީގެއިތުރުން ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަށް ގުޅިގެން މަސައްކަތް ކުރުން ވެސް މި ކޮމެޓީ އެކުލަވާލި މަގްސަދުގެ ތެރޭގައި ހިމެނޭކަމަށް އެ ޑިޔުކޭޝަނުން ވަނީ ވިދާޅުވެފައެވެ.

މިކޮމެޓީ އެކުލަވާލާފައި ވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ފަންނީ ބޭފުޅުންގެ ހިމަނައިގެންނެވެ.