ށ. މަރޮށި ބަނދަރު ހަދަން މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ އެވެ.

Ad
rt

މި މަޝްރޫޢުއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫޢު އެކެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގްއެވެ. އަދި ހެވީ ފޯސްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރެވެ.

މި މަޝްރޫއުގެ ދަށުން 26،330 ކިއުބިކް މީޓަރުގެ ބަނދަރާއި، ނެރު ފުންކުރާނެއެވެ. އަދި ގްރައިން ޖެހުމާއި، ރިވެޓްމެންޓް ޖެހުމާއި 416 މީޓަރުގެ އެއްގަމު ތޮށި ވެސް ޖަހާނެއެވެ.

މީގެ އިތުރުން ރޭމްޕް ހެދުމާއި، މަގު ބައްތި، ނެވިގޭޝަން ބައްތިި ހަރުކޮށް އަދި 2080 އަކަ މީޓަރުގެ ޕޭވްމެންޓެއް ވެސް ހަދާނެ އެވެ.

މިއީި 420 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ. މި މަޝްރޫޢުގެ އަގަކީ 43.3 މިލިއަން ރުފިޔާ އެވެ.