ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހުޅުވާލައިފިއެވެ.

އެމްޑީޕީއިން ކުރި ޢިއުލާނެއްގައި ބުނީ، ކޮމަންޑޫ ދާއިރާ ޕާލިމަންޓަރީ ބައި އިލެކްޝަން ޕްރައިމަރީ މިހިނގާ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށެވެ.

Ad
rt

މި ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދު ހުޅުވާލާފައިވާއިރު، މި ބައި އިލެކްޝަން ގައި ވާދަކުރަން ބޭނުންވާ އެމްޑީޕީގެ މެމްބަރުން މަޤާމައް ކުރިމަތިލާންއެދޭ ފޯމް ފުރިހަމަކޮށް، އެފޯމާއި އެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުން ތަކާއިއެކު، 21 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 16:00 ކުރިން އެޕާޓީއަށް އީމެއިލް ކުރުމަށް އެ ޕާޓީން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓްލުން ކުރިއަށްދާނީ 27 ޑިސެމްބަރ 2021 ވާ ދުވަހު ހެންދުނު 10:00 ން ހަވީރު 1700 އަށް އެދާއިރާއެއްގެ ރަށްރަށުގަ އާއި މާލޭގެ ހަރުގޭގައިކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު ހޯމަދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ.