ޖެންޑާ މިނިސްޓްރީން ކުރިއަށް ގެންދާ "އިބަމަ" ޕްރޮގްރާމް ފެލިދޫގައި އިފްތިތާޙްކޮށްފި
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިސްނަގައިގެން ދިވެހިރާއްޖޭގެ ހުރިހާ މުޖްތަމަޢުއެއްގައި ގާއިމު ކުރާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ޕްރޮގްރާމް ވ. ފެލިދޫގައި މިއަދު އިފްތިތާޙްކޮށްފިއެވެ. މިކަމަށްޓަކައި ވ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އިބަމަ އިފްތިތާޙްކޮއްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުޙައްމަދުދީދީ އެވެ. ފެލިދޫގައި އިބަމަ އިފްތިތާޙްކޮއްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޢާއިޝަތު މުޙައްމަދު...