މާލޭ ސިޓީގެ ހުޅުމާލޭގައި މިރޭ ހަވާ އަރުވާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ހަވާ އަރުވާނީ މިރޭ 21:00 ގައެވެ.
މިރޭ ހަވާ އަރުވާނީ ހުޅުމާލޭ ފޭސް ދެއެއްގައި ކަމަށް ވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މިރޭ ހަވާ އަރުވާނީ 21:00 އިން ފެށިގެން 5 މިނިޓް ވަންދެނެވެ.
2022 ޖަނަވަރީ 31 ވަނަ ދުވަހުގެރޭ (މިރޭ) 21:00 ގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަވާއެރުވުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ މިކަން މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.
— Maldives National Defence Force (@MNDF_Official) January 31, 2022
ރާއްޖެގައި އެކި މުނާސަބަތު ތަކާއި ގުޅުވައިގެން ހަވާ އަރުވާއިރު، އަމިއްލަ ބައެއް އިވެންޓް ތަކުގައި ވެސް ވަނީ ހަވާ އަރުވައެވެ.
ރާއްޖޭގައި ހަވާ އަރުވަނީ ސިފައިންގެ ބެލުމުގެ ދަށުން ސިފައިން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!