ކޯވިޑް-19 ބަލީގައި ރާއްޖެއިން 74 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިވެއްސެއް ކަމަށެވެ.
މި މީހާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 6:51 ހާކަށް ހާއިރުއެވެ.
މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 277 ވަނަ މީހާއެވެ. ފަހަކަށް އައިސް ކޮންމެ ދުވަހަކު ހެން މީހަކު ދަނީ މި ބަލީގައި ނިޔާވަމުންނެވެ.
ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވިއިރު، މިވަގުތު ރާއްޖޭގެ ކޯވިޑްގެ ހާލަތު ވަރަށް ނާޒުކް ފައްތަރެއްގައެވެ. މުޅިރާއްޖެއިން ޕޮޒިޓިވްވާ ނިސްބަތް އެންމެ މަތި ދުވަސްވަރުގޮތުގައި މި ދުވަސްވަރު ހިމެނޭއިރު އިއްޔެ ވެސް ވަނީ 2754 މީހަކު ޕޮޒިޓިވްވެފައެވެ. އެއީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 1407 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 962 މީހުންނާއި އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 48 މީހުންނެވެ.
ރާއްޖެއިން މިހާތަނަށް 138،880 މީހުން މިބަށްޔަށް ޕޮޒިޓިވްވެފައި ވެފައިވާއިރު މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 17،770 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!