ށ. ކޮމަންޑޫ ބޭރުގައި އޮންނަ "ދޮށިމަސްކަނދު" އަލުން އަޅައިފި އެވެ.

މަސްވެރިކަމާބެހޭ ވުޒާރާ، މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވަޒީރު، ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ކަނދުފަތި އަލުން އަޅާފައިވާ ކަަމަށް ވިދާޅުވެފައެވެ.

Ad
rt

ފިޝަރީޒް މިނިސްޓްރީގެ ކަނދުފަތިޓީމުން އެ މަސައްކަތް ނިންމާލާފައި ވަނީ މިއަދު ހެނދުނުއެވެ.

މި ކަނދުފަތި އޮންނަނީ ކޮމަންޑޫގެ ހުޅަނގު އުތުރުން 14 މޭލު ދުރުމިނުގައިވާ ސަރަހައްދެއްގައެވެ.

ހއ. ފިއްލަދޫގެ ބޭރުގައި އޮންނަ "ދޮށިމަސްކަނދު" ކަނޑައިގެން ގޮސްފައިވާތީ، އެ ކަނދު ވެސް މަސްވެރިކަމާބެހޭ ވުޒާރާގެ ފަރާތުން މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު ވަނީ އަލުން އަޅާފައެވެ.

މީގެއިތުރުން ހއ. މޮޅަދޫ ދެކުނުގައި "ވަދުމަސްކަނދެއް" ވެސް ވަނީ ޑިސެމްބަރު 30 ވަނަ ދުވަހު އަޅާފައެވެ.