ކޯވިޑް-19 ބަލީގައި ރާއްޖެއިން 73 އަހަރުގެ ސްރީލަންކާ ރައްޔިތަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި އެމީހާއަކީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ މީހެކެވެ.

Ad
rt

މި މީހާ ނިޔާވެފައި ވަނީ ރޭ މެންދަމުން އަނބުރާ 3:04 ހާކަށް ހާއިރުއެވެ.

މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 278 ވަނަ މީހާއެވެ. ފަހަކަށް އައިސް ކޮންމެ ދުވަހަކު ހެން މީހަކު ދަނީ މި ބަލީގައި ނިޔާވަމުންނެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތު ވަރަށް ނާޒުކް ފައްތަރެއްގައި އޮތްއިރު ކޮންމެ ދުވަހަކުހެން ގިނަ އަދަދެއްގެ ބަޔަކު ދަނީ މި ބަށްޔަށް ހުށަހެޅެމުންނެވެ.

މުޅިރާއްޖެއިން ޕޮޒިޓިވްވާ ނިސްބަތް އެންމެ މަތި ދުވަސްވަރުގޮތުގައި މި ދުވަސްވަރު ހިމެނޭއިރު އިއްޔެ ވެސް ވަނީ 2180 މީހަކު ޕޮޒިޓިވްވެފައެވެ. އެއީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 931 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 811 މީހުންނާއި އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 63 މީހުންނެވެ.

ވެކްސިންގެ ބޫސްޓާ ޑޯޒު ޖަހާ ފަރާތްތަކަށް ލުއިދޭން އިއްޔެ ވަނީ ނިންމާފައެވެ.