މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,449 Stories
2,722 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ރަނގަޅު ކުރުމަށް އެއްބަސްވުމެއް
Raajje

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ރަނގަޅު ކުރުމަށް އެއްބަސްވުމެއް

ދައުލަތުގެ ބެލުމުގެ ދަށުން ކ. ގުރައިދޫ ގައި ބަލަހައްޓަމުން ގެންދާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި، އޭޖްޑް ކެއަރ މޯލްޑިވްސް އާއެކު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއިކޮށްފި އެވެ. ޖެންޑާ މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޖެންޑާ ނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް […]

ކޯވިޑް ބަލީގައި 42 އަހަރުގެ އަންހެނަކު ނިޔާވެއްޖެ
Raajje

ކޯވިޑް ބަލީގައި 42 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

ކޯވިޑް-19 ބަލީގައި ރާއްޖެއިން 42 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިވެއްސެއް ކަމަށެވެ. މި މީހާ ނިޔާވެފައި ވަނީ ރޭ މެންދަމުން އަނބުރާ 3:01 ހާކަށް ހާއިރުއެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 270 ވަނަ މީހާއެވެ. ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވިއިރު، މިވަގުތު ރާއްޖޭގެ ކޯވިޑްގެ ހާލަތު ވަރަށް ނާޒުކް ފައްތަރެއްގައެވެ. މުޅިރާއްޖެއިން ޕޮޒިޓިވްވާ ނިސ...

ރާޝިދުގެ ކެމްޕެއިނަށް ގާސިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަނީ
Thiladhunmathi News

ރާޝިދުގެ ކެމްޕެއިނަށް ގާސިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަނީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިނަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރ ޤާސިމް އިބްރާޙީމް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ. ޖޭޕީގެ އިސް އޮފިޝަލަކު “ތިލަދުން” އަށް ވަނީ ޤާސިމް، ރާޝިދުގެ ކެމްޕެއިނަށް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަން ނިންމާފައިވާ ވާހަކައަކީ ރަނގަޅު ވާހަކައެއް ކަމަށް ވިދާޅުވެފައެވެ. މީގެކުރިން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ރާޝިދުގެ ކެމް...

ހާލަތު އިތުރަށް ގޯސްވެގެން ދިޔަ ނުދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ބާރަށު ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފި
Thiladhunmathi News

ހާލަތު އިތުރަށް ގޯސްވެގެން ދިޔަ ނުދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ބާރަށު ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފި

ކޯވިޑް-19 ކޭސްތައް ގިނަވެ، ހާލަތު އިތުރަށް ގޯސްވެގެން ދިޔަ ނުދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ހއ. ބާރަށު ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފިއެވެ. ބާރަށު ސިއްހީ މަރުކަޒުން ފާހަގަކުރަށްވާފައިވާ ގޮތުގައި އެރަށުގައި މި ވަގުތު ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 20 އަށް އަރާފައެވެ. ޕޮޒިޓިވްވެފައި ވަނީ ހުމާއި ރޯގާގެ އަލާމާތްތައް ފެނިގެންނާއި މާލެއަށް ދަތުރުކުރުމަށްފަހު އަދި ކުރިން ޕޮޒިޓިވްވެފައިވާ ފަރާތްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ފަރާތްތަކެއްކަމަށް...

ކުޅުދުއްފުށީ މޮނިޓަރިން ހާލަތަށް ގެނެސްފި
Thiladhunmathi News

ކުޅުދުއްފުށީ މޮނިޓަރިން ހާލަތަށް ގެނެސްފި

ކޯވިޑްގެ ހާލަތު ގޯސްވުމުން ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނިޓަރިންނަށް ގެނައި މިއަދުއެވެ. ކުޅުދުއްފުށީ ސިޓީގެ ކޯވިޑްގެ ހާލަތު ގޯސްވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ސިޓީ ކައުންސިލުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. ކުޅުދުއްފުށީގެ އިތުރުން ހދ. އަތޮޅުން ނޮޅިވަރަންފަރު، ހަނިމާދޫ އަދި ނެއްލައިދޫ ވެސް އޮތީ މޮނިޓަރިންގައެވެ. ހއ. އަތޮޅުން ވެރިރަށް ދިއްދޫގެ އިތުރުން އިހަވަންދޫ ވެސް އޮތީ މޮނިޓަރިންގައެވެ....

ނޫމަރާގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ނޫމަރާގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ށ. ނޫމަރާގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން ޢިއުލާން ކޮށްފިއެވެ. މި ފުރުސަތު އާންމުކޮށް ހުޅުވާލަމުން ނޫމަރާ ކައުންސިލުން ވިދާޅުވީ، އެ ކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި އެ ރަށު ފުޓްސަލް ދަނޑު އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ކަނޑައަޅާފައިވާ ދުވަސްތަކުގައި ނޫމަރާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ” ބީލަން ހުށައަޅާ ފޯމް” މެދުވެރިކޮށް ބ...

ޗާޓާޑް އެކައުންޓެންޓުން ތަމްރީންކުރުމަށް ހުޅުވާލި 150 ފުރުސަތަށް 493 ފަރާތަކުން ކުރިމަތިލައިފި
Raajje

ޗާޓާޑް އެކައުންޓެންޓުން ތަމްރީންކުރުމަށް ހުޅުވާލި 150 ފުރުސަތަށް 493 ފަރާތަކުން ކުރިމަތިލައިފި

ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީންކުރުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ހުޅުވާލި 150 ސްކޮލަޝިޕަށް 493 ފަރާތަކުން ކުރިމަތިލައިފިއެވެ. ހަޔާ އެޑިޔުކޭޝަނުން 150 ސްކޮލަޝިޕަށް ފުރުޞަޠު ހުޅުވާލީ މިދިޔަ ޑިސެމްބަރު 30 ގައެވެ. މި ފުރުސަތުގެ ސުންގަޑި ހަމަވީ އިއްޔެ މެންދުރު 14:00 ގައެވެ. މި މުއްދަތުގައި އެ 150 ސްކޮލަޝިޕަށް 493 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ހަޔާ އެޑިޔުކޭޝަނުން ވިދާޅުވެއެވެ. މިއަހަރު ބޭއްވުނު ފަބްލިކް އެކައުންޓެންޓް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މި ދާއިރާއަށް މީހުން...

ނައިވާދޫ ރައްޔިތުންގެ ދީލަތި އެހީ ނެއްލައިދޫއަށް
Thiladhunmathi News

ނައިވާދޫ ރައްޔިތުންގެ ދީލަތި އެހީ ނެއްލައިދޫއަށް

ކޯވިޑް-19ގެ ހާލަތުގެ ސަބަބުން މިވަގުތު އަރާ ފޭބުން މަނާކޮށްފައި އޮތް ހދ. ނެއްލައިދޫއަށް، އެ އަތޮޅު ނައިވާދޫ ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިކަން ފާހަގަ ކުރަށްވައި ނެއްލައިދޫ ކައުންސިލުން ވިދާޅުވީ، އަވަށްޓެރި ނައިވާދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ނެއްލައިދޫގެ ރައްޔިތުންނަށް ވެދެއްވި ދީލަތި އެހީތެރިކަމަށް، ނެއްލައިދޫގެ އެންމެހާ ރައްޔިތުންގެ ނަމުގައި ނައިވާދޫގެ އެކުވެރި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. “މިފަދަ ދަނޑިވަޅެއްގައި، ތިދެއްވި...

ޖަޕާނު އައު ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވައިފި
Raajje

ޖަޕާނު އައު ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވައިފި

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ތަކެއުޗި މިދޮރި އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްއަށް މިއަދު އަރުވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށް ދިޔަ އެކަމަނާ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ޖަޕާނުގެ އައު ސަފީރާ ރައިސް ޞާލިޙް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަށްޓަކައި އެކަމަނާއަށް މަރުޙަބާ ވިދާޅުވެ، ސަފީރުކަމުގެ ދައުރު ހަމަކުރަ...

ފީވަކު ކައުންސިލް މުވައްޒަފުން ބޭނުންކުރަން ހާއްސަ ޔުނީފޯމެއް
Thiladhunmathi News

ފީވަކު ކައުންސިލް މުވައްޒަފުން ބޭނުންކުރަން ހާއްސަ ޔުނީފޯމެއް

ށ. ފީވަކު ކައުންސިލްގެ މުވައްޒުފުން ބޭނުން ކުރުމަށް ހަމަޖެހިފައިވާ ޙާއްސަ ޔުނީފޯމް ކިޓް މިއަދު އިފްތިތާޙު ކޮށްފިއެވެ. މި ކިޓުގައި ފީވަކު ކައުންސިލް އިދާރާގައި މަސަައްކަތް ކުރަށްވާ ފިރެހެން ބޭފުޅުންނަށް ތައްޔާރުކޮށްފައި ވަނީ ގިރުވާންލީ ޓީޝާޓާއި ފަޓުލޫނެވެ. އަދި އަންހެން މުވައްޒިފުންނަށް ތައްޔާރުކޮށްފައި ވަނީ، ދަނބު ކުލައިގެ ބުރުގާއާއި ދަނބު ކުލައިގެ ދިގު ހެދުމެވެ. މި ކިޓަކީ ފީވަކު ކައުންސިލް އިދާރާގައި މަސައްކަތްކުރަށްވާ ސިވިލް ސާވަންޓުންގެ ދީލަތި ހަދިޔާއެއް ކަމަށް މައުލޫމާތު ލިބިފަވެއެވެ. މިއީ ފ...

ޔޫއޭއީގެ ދަތުރުފުޅަށް ފަހު ރައީސް ޞާލިޙް، މާލެ ވަޑައިގެންފި
Raajje

ޔޫއޭއީގެ ދަތުރުފުޅަށް ފަހު ރައީސް ޞާލިޙް، މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ)ގެ ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ. ރައީސް ޞާލިޙްގެ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަޙުދު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. ޔޫ.އޭ.އީގެ ދުބާއީ އަށް ކުރެއްވި ތިން ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅު...

ދަރުމަވެރިންގެ ގޮތުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާނެ ކޯޗުން ހޯދަނީ
Raajje

ދަރުމަވެރިންގެ ގޮތުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާނެ ކޯޗުން ހޯދަނީ

ދަރުމަވެރިންގެ ގޮތުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާނެ ކޯޗުން ހޯދަން އިއުލާން ކޮށްފިއެވެ. މިގޮތުން ސްޕެޝަލް އޮލިމްޕިކްސް (އެސް-އޯ މޯލްޑިވްސް) އިން ކުރި އިއުލާނެއްގައި ބުނީ، އެ އެސޯސިއޭޝަންއިން ކުރިއަށް ގެންދަން ބޭނުންވާ ކުޅިވަރުތަކުގައި ދަރުމަވެރިންގެ ގޮތުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާނެ ކޯޗުން ހޯދަން ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 1 ފެބްރުވަރީ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެ އެސޯސިއޭޝަން އީ-މެއިލް somaldives2019@gmail.com އަށް ސިޓީއަކުން ހުށަހެޅުމަށް ވަނީ އެ...

ރައީސް ޞާލިޙް، ދުބާއީ އެކްސްޕޯއަށް ޒިޔާރަތް ކުރައްވައިފި
Raajje

ރައީސް ޞާލިޙް، ދުބާއީ އެކްސްޕޯއަށް ޒިޔާރަތް ކުރައްވައިފި

ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދުބާއީ އެކްސްޕޯ 2020އަށް ޒިޔާރަތް ކުރައްވައިފިއެވެ. ރައީސް ޞާލިޙް ވަނީ ދުބާއީ އެކްސްޕޯއަށް ޒިޔާރަތް ކުރައްވައި، އެ އެކްސްޕޯ ބައެއް ޕެވިލިއަންތައް ބައްލަވާ ލައްވާފައެވެ. މިގޮތުން ދިވެހިރާއްޖޭގެ ޕެވިލިއަން، ސިންގަޕޫރުގެ ޕެވިލިއަން، އިޓަލީގެ ޕެވިލިއަން އަދި ވިޝަން ޕެވިލިއަންއަށް ރައީސް ވަނީ ޒިޔާކުރަށްވާ ބައްލަވާ ލަށްވާފައެވެ. އެކްސްޕޯގެ ދިވެހިރާއްޖޭގެ ޕެވިލިއަން އިން ދައްކުވައިދެނީ މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމުގައި ދެމެހެއްޓެނިވި ގޮތ...

ސެޓެލައިޓް ސްކޫލް ރަސްމީގޮތުން އިފްތިތާޙްކޮށްފި
Raajje

ސެޓެލައިޓް ސްކޫލް ރަސްމީގޮތުން އިފްތިތާޙްކޮށްފި

ރާއްޖޭގައި ރަސްމީގޮތުން ސެޓެލައިޓް ސްކޫލް އިފްތިތާޙް ކޮށްފިއެވެ. މިއަދު ހެނދުނު ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ސެޓެލައިޓް ސްކޫލް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިކަމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތުކަމުގައިވާ ޖަޒީރާ ތަރައްޤީއަށް އައު ފެށުމެއްކަމުގައެވެ. ސަރުކާރުން މިއަދު ސެޓެލައިޓް ސްކޫލްގެ މަފްހޫމަށް ކިޔަވައިދިނުން އިފްތިތާޙްކޮށްދެއްވި 3 ރަށުގެ ދަރިވަރުންނަށް އެކުދިން...

ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެ
Raajje

ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެ

އދ. މަންދޫ ކައިރި ފަރެއްގައި ޑައިވްކުރަނިކޮށް ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ކަނޑު އަޑިން ނަގައިފިއެވެ. އެ މީހާ ގެއްލުނީ 15 ޖަނަވަރީ 2022 ވަނަ ދުވަހު އެވެ. އެމްއެންޑީއެފުން ވިދާޅުވީ މިއަދު 15:10 ގައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ޑައިވަރުން ވަނީ ކަނޑުގެ 15 މީޓަރު އަޑިން އެމީހާގެ ހަށިގަނޑު ހޯދުމަށްފަހު ނަގާފަކަމަށެވެ. އެ މީހާއަކީ އދ. މަންދޫ ކައިރި ފަރަކަށް ޑައިވުކުރަންދިޔަ “ގޮމަ” ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން ފަތުރުވެރިއެކެވެ. އެއީ އުމުރުން 69 […]