ކޯވިޑް-19 ބަލީގައި އދ. ދަނގެތިން މީހަކު ނިޔާވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވި ގޮތުގައި ނިޔާވީ ދަނގެތީ ސިއްހީ މަރުކަޒުގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.
އެއީ އުމުރުން 50 އަހަރުގެ ދިވެހި އަންހެނެކެވެ.
ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމުން މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 72 އަށް އަރާފައެވެ.
އިއްޔެވެސް މިބަލީގައި މީހަކު ވަނީ ނިޔާވެފައެވެ. އެއީ ޏ. ކޯވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 80 އަހަރުގެ މީހެކެވެ.
ރާއްޖޭގައި ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު އިއްޔެ އެކަނި ވެސް ވަނީ 2،609 މީހުނަށް މިބަލި ޖެހިފައެވެ. އެއީ މާލެ ސަރަހައްދުން ބަލިޖެހުނު 1427 މީހުންނާއި، އަތޮޅުތަކުން ބަލިޖެހުނު 783 މީހުންނާއި އަދި ރިސޯޓްތަކުން ބަލި ޖެހުނު 109 މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!