Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,646 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ޑްރަގާއެކު ދުވާފަރުން ދެ މީހަކު ހައްޔަރުކޮށްފި
Raajje

ޑްރަގާއެކު ދުވާފަރުން ދެ މީހަކު ހައްޔަރުކޮށްފި

ރ. ދުވާފަރުގައި މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. އިންނަމާދޫ، ވިދުވަރު، މުޙައްމަދު ސަމޫހް (25އ) އާއި ޏ. ފުވައްމުލައް، މިސްކިތްމަގު، ރޯޝަން، އިބްރާހީމް ޞަލާޙު (32އ) އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ދުވާފަރު ޕޮލިސް ސްޓޭޝަން ގުޅިގެން މި ހިނގާ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ހިން...

ދިއްދޫގައި 7،000 ގަސް އިންދުމުގެ ބޮޑު ހަރަކާތުގެ ފަހުގެ ތައްޔާރީތައް ކުރިއަށް
Thiladhunmathi News

ދިއްދޫގައި 7،000 ގަސް އިންދުމުގެ ބޮޑު ހަރަކާތުގެ ފަހުގެ ތައްޔާރީތައް ކުރިއަށް

ހއ. ދިއްދޫގައި 7،000 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ހިންގުމަށް އެރަށު ކުރިމަގު ޖަމިއްޔާއިން އިސްވެ ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފަހުގެ ތައްޔާރީތައް ކުރިއަށް އެބަދެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މި ބޮޑު ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު، ދިވެހިރާއްޖޭގެ މިނިވަން ދުވަހާ ގުޅުވައިގެންނެވެ. މި ހަރަކާތަކީ ކުރިމަގު ޖަމިއްޔާ އާއި މޫސުމީ ބަދަލްތަކާއި […]

މާލޭގެ އިތުރު ޑްރަގް ކެފޭއެއް ބަންދުކޮށްފި
Raajje

މާލޭގެ އިތުރު ޑްރަގް ކެފޭއެއް ބަންދުކޮށްފި

މާލެ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، މ. ލޭންޑްއޮފްގާރޑްންގެ ބައެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށް، އެތަން ފުލުހުން ބަންދުކޮށްފިއެވެ. މިއީ މާލޭގައި ހިންގާ މަސްތުވާތަކެތީގެ ހާލިތައް ނުވަތަ “ޑްރަގް ކެފޭ” ތައް ބަންދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަންދުކުރެވުނު 6 ވަނަ ތަނެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި ކޯޓު އަމުރުގެ ދަށުން އެ ތަން ބަންދުކޮށްފައިވަނީ 13 ޖުލައި 2026 އިން ފެށިގެން 11 އޮކްޓޯބަރު [...

މިއަހަރު ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް
Raajje

މިއަހަރު ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ. މި އިނާމު އެރުވުމަށް ނިންމަވާފައިވަނީ ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް މި އިނާމު ލިބިވަޑައިގެންފައި ނުވާ ބޭފުޅުންނަށެވެ. ރައީސް އޮފީހުން ވަނީ އެ ބޭފުޅުންގެ ރެކޯޑުތައް ހޯއްދެވުމަށްފަހު، ދިރާސާކުރުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވާފައ...

ފްރާންސް ބަލިކޮށް ސްޕޭން ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފި
Sports

ފްރާންސް ބަލިކޮށް ސްޕޭން ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފި

މިއަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ސެމީ ފައިނަލްގައި ވަރުގަދަ ފަރަންސޭސިވިލާތް 2-0 އިން ބަލިކޮށް، ސްޕެއިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. އޭޓީ އެންޑް ޓީ ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗަކީ ފައިނަލުގެ ކުރިން ކުޅެވުނު “ފައިނަލެއް” ގޮތުގައި ގިނަ ބަޔަކު ސިފަކުރި މެޗެކެވެ. ދުނިޔޭގެ އެންމެ ހުނަރުވެރި ކުޅުންތެރިން ފެނިގެންދިޔަ މި ކުރިމަތިލުމުގައި ސްޕެއިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ތަރުތީބު އަދި ވަރުގަދަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި ސްޕެއިނަށް […]

ހުޅުމާލޭގައި ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ގަސް އިންދައިފި
Raajje

ހުޅުމާލޭގައި ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ގަސް އިންދައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވާފައިވާ “5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫ” ގެ ދަށުން، ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ތަފާތު ބާވަތްތަކުގެ ގަސް އިންދުމުގެ ހަރަކާތެއް ހުޅުމާލޭގައި ކުރިއަށްގެންގޮސްފިއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިންގޮތުގައި، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ދިވެހި ބޭސްވެރިކަމުގެ ޖަމިއްޔާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތް ބާއްވާފައިވަނީ ހުޅުމާލޭގެ ހިޔާ ޕާކު ސަރަޙައްދުގައެވެ. މޫސުމީ ބަދަލުތަ...

ހޫތީން ސަޢޫދީއަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
Raajje

ހޫތީން ސަޢޫދީއަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސަޢޫދީ ޢަރަބިއްޔާގެ އާއްމުން ދިރިއުޅޭ ސަރަހައްދުތަކަށާއި މުހިއްމު އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް ދިން މިސައިލް އަދި ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހިނގާ ޖުލައި މަހުގެ 13 ވީ ހޯމަ ދުވަހު ހޫތީން ދިން މި ހަމަލާތަކަކީ ސަޢޫދީގެ ދެކުނު ހުޅަނގު ސަރަހައްދުގައި އޮންނަ އަބްހާ އިންޓަރނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކެކެވެ. ސަޢޫދީގެ ދިފާއީ ބާރުތަކުން ވަނީ ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތައް ވައިގެ ތެރޭގ...

ބޮޑު ތިލަދުންމަތީގެ ރަށްތަކަށް އަމާޒުކޮށްގެން "ދަނޑުވެރި މަންފާ" ސްކީމްގެ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް
Raajje

ބޮޑު ތިލަދުންމަތީގެ ރަށްތަކަށް އަމާޒުކޮށްގެން "ދަނޑުވެރި މަންފާ" ސްކީމްގެ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް

ބޮޑު ތިލަދުންމަތީގެ އަތޮޅުތަކުގައި ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން އިސްނަގައިގެން “ދަނޑުވެރި މަންފާ” ގްރާންޓް ސްކީމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސިލްސިލާ ސެޝަންތަކެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ. މި ޕްރޮގްރާމަކީ ހއ. އަތޮޅު، ހދ. އަތޮޅު އަދި ށ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ސެޝަންތަކުގައި މަޢުލޫމާތު ދިނުމަށް މެޕް ޕްރޮޖެކްޓްގެ ޓީމުގެ އިތުރުން އެސް.އެމް.އީ ޑިޖިޓަލްގެ ޓީމުންވެސް ބައިވެރިވަމ...

ޖަލުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ހިންގި އެންމެ ފުޅާ އޮޕަރޭޝަން ނިންމާލައިފި
Raajje

ޖަލުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ހިންގި އެންމެ ފުޅާ އޮޕަރޭޝަން ނިންމާލައިފި

ދިވެހިރާއްޖޭގެ ޖަލުތަކުގެ ރައްކާތެރިކަމާއި ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ހިންގި ހާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިންގޮތުގައި، މިދިޔަ ޖޫން މަހުގެ 22 އިން ފެށިގެން މި ޖުލައި މަހުގެ 13 އާ ހަމައަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ ޖަލުތަކުގެ އަމާންކަން ގާއިމުކުރުމަށް ހިންގުނު ވަރަށް މުހިންމު ހަރަކާތެކެވެ. ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަ...

ކަނޑުއޮތްގިރީގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި
Raajje

ކަނޑުއޮތްގިރީގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި

މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ކޯޕަރޭޝަން (މިފްކޯ) އިން ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ހިކިމަސް އުފައްދާ ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ރަސްމީކޮށް ހުޅުވައިފިއެވެ. ކަނޑުއޮތްގިރީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ދެ ވަސީލަތް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަނަސްގެ އިތުރުން، ފިޝަރީޒް މިނިސްޓްރީއާއި މިފްކޯގެ އިސްވެރިން ބައިވެރިވެވ...

އޭދަފުށީ ފަޅުތެރެއިން ދޮށީ އުމުރުގެ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
Raajje

އޭދަފުށީ ފަޅުތެރެއިން ދޮށީ އުމުރުގެ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ބ. އޭދަފުށީ ބަނދަރު ސަރަހައްދު ފަޅުތެރޭގައި މީހަކު ނިޔާވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި މީހަކު ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2026 ޖުލައި 14 ވާ އާދީއްތަ ދުވަހުގެ ހެނދުނު 7:55 އެހައިކަންހާއިރު ކަމަށެވެ. މޫދުގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ އެ ރަށު ސީސަންގެ، އުމުރުން 82 އަހަރުގެ ޢަލީ ޢަބްދުﷲ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި […]

ޤަޠަރުގެ އަމީރު ރައީސް މުޢިއްޒުއާ ބައްދަލުކުރައްވައިފި
Raajje

ޤަޠަރުގެ އަމީރު ރައީސް މުޢިއްޒުއާ ބައްދަލުކުރައްވައިފި

ޤަޠަރުގެ އަމީރު، ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު، ޤަޠަރުގެ ވެރިރަށް ދޯހާގައި ހުންނަ ލޫސައިލް ގަނޑުވަރުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ، ޤަޠަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ރައްޔިތުންގެ ނަމުގައްޔާއި އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ތަޢުޒިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން،...

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
Raajje

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމުގެ މުއްދަތު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާޒުގެ އޮފީހުން މިއަދު ހުޅުވައިލައްވައިފިއެވެ. މި މަޤާމަކީ “ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު” ގެ ދަށުން އައްޔަން ކުރަންޖެހޭ މަޤާމެކެވެ. މި ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެހައި ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ އެންމެ އިސްވެރިއަކީ ޗީފް ސްޓެޓިސްޓީޝަނެވެ. މީގެ އިތުރުން، ބިއުރޯއާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހ...

ހުރާގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް
Business

ހުރާގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް

ކ. ހުރާގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މުހިންމު މަސައްކަތްތަކެއް ފަށައިފިއެވެ. ސްޓެލްކޯއިން މައުލޫމާތު ދޭ ގޮތުގައި، ހުރާގައި ބަހައްޓާފައިވާ އާރު.އޯ  ޕްލާންޓްތަކުގެ ތެރެއިން އެއް ޕްލާންޓުގެ ހަލާކުވެފައިވާ ހައިޕްރެޝަރ ޕަންޕާއި މޯޓަރު ބަދަލުކޮށް، އައު ޕަންޕެއް އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މީގެ އިތުރުން، އެ ރަށުގައި މައްސަލަޖެހި ނުހިންގާތާ 8 މަސް ދުވަސް ވެ...

''ރައްޔިތުންގެ އަޑު'' ބައްދަލުވުން ހޯރަފުށީ ހިމެނޭހެން ހަތަރު ދާއިރާއަކަށް، ނަން ނޯޓުކުރަން ހުޅުވާލައިފި
Raajje

''ރައްޔިތުންގެ އަޑު'' ބައްދަލުވުން ހޯރަފުށީ ހިމެނޭހެން ހަތަރު ދާއިރާއަކަށް، ނަން ނޯޓުކުރަން ހުޅުވާލައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ސީދާ ރައީސަށް ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ފަށްޓަވާ “ރައްޔިތުންގެ އަޑު” ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރައްވައި، ރައްޔިތުންގެ އަޑު އައްސަވައިގެން ސަރ...