Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,646 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މިއަހަރުގެ ތެރޭގައި މާލޭގައި ދެ ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފަށަނީ
Raajje

މިއަހަރުގެ ތެރޭގައި މާލޭގައި ދެ ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފަށަނީ

މާލެއަށް ދިމާވެފައިވާ ޕާކިންގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، މިއަހަރުގެ ތެރޭގައި މާލޭގައި ދެ ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑުގައި މާލޭގެ މަގުތައް ތަރައްޤީކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ޕާކިން ބިލްޑިންގްތައް އެޅުމުގެ މަސައްކަތް ކުރިން ބޭރުގެ އެހީގައި ކުރަން ނިންމާފައި އޮތުމުގެ ސަބަބުން އެ މ...

ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ގުދަނެއްގެ ދޮރުގައި ޖެހި އެކްސިޑެންޓްވެ، މީހަކަށް އަނިޔާވެއްޖެ
Raajje

ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ގުދަނެއްގެ ދޮރުގައި ޖެހި އެކްސިޑެންޓްވެ، މީހަކަށް އަނިޔާވެއްޖެ

މާލޭގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ގުދަނެއްގެ ދޮރުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މާލޭ ރައްދެބައިމަގުގައެވެ. މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 ޖުލައި 17 ވާ ބުދަ ދުވަހުގެ ރޭ މެންދަމު 00:15 އެހައިކަންހާއިރުއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ރައްދެބައިމަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި،...

އުމުރުން ދުވަސްވީ ކުޅުންތެރިންގެ މެޗަކުން ކުރިނބީ ކައުންސިލް ކަޕް ފަށައިފި
Thiladhunmathi News

އުމުރުން ދުވަސްވީ ކުޅުންތެރިންގެ މެޗަކުން ކުރިނބީ ކައުންސިލް ކަޕް ފަށައިފި

ހދ. ކުރިނބީ ކައުންސިލުން އެރަށުގެ ދެ ޖިންސަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކައުންސިލްކަޕް 2026 ފުޓްސަލް މުބާރާތް އިއްޔެ ފަށައިފިއެވެ. ކުރިނބީ ކައުންސިލްގެ 2026 ވަނަ އަހަރުގެ ފުޓްސަލް މުބާރާތް ފެށުމުގެ ގޮތުން ވަނީ އުމުރުން ދުވަސްވީ މީހުން ހިމެނޭ އެރަށުގެ އުތުރު އަވަށާއި ދެކުނު އަވަށް ތަމްސީލުކުރާ ހާއްސަ ފުޓްސަލް މެޗް ކުޅެފައެވެ. މި މެޗުގައި އެރަށުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ފެނިގެން ގޮސްފައިވެއެވެ. ކުރިނބީ ކައުންސިލްގެ 2026 ވަނަ އަހަރުގެ ފުޓްސަލް މުބާރާތުގައި […]

ބޮޑުތަކުރުފާނު މަގު މަޝްރޫޢުއާއެކު މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބޭނެ: ރައީސް
Raajje

ބޮޑުތަކުރުފާނު މަގު މަޝްރޫޢުއާއެކު މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބޭނެ: ރައީސް

މާލޭގެ ބޭރުމަގު ނުވަތަ ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢާއެކު، މުޅި މާލޭގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ އަދި ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑުގައި މާލޭގެ މަގުތައް ތަރައްޤީކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޢިއްޒުއްދީން ފާލަމުން...

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު އަންނަ އަހަރުގެ ކުރީކޮޅު ފަށަނީ
Raajje

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު އަންނަ އަހަރުގެ ކުރީކޮޅު ފަށަނީ

މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ޝާއިޢުކުރި “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ އިދާރީ ހުރިހާ މަރުޙަލާތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ނުވަތަ ލަސްވެގެން […]

މެކްސިކޯ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް
Raajje

މެކްސިކޯ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް

މެކްސިކޯގެ ޗިއަޕާސްގެ އައްސޭރިފަށަށް ރިކްޓަރ މިންގަނޑުން 7.3 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ޔޫ.އެސް ޖިއޮލޮޖިކަލް ސާވޭ (ޔޫ.އެސް.ޖީ.އެސް) އާ ހަވާލާދީ ސްކައި ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓަރު (6.21 މޭލު) އަޑިއަށެވެ. ފުރަތަމަ މި ބިންހެލުމުގެ ބާރުމިން 7.4 ގައި ހުރިކަމަށް ރެކޯޑް ކުރެވުނު ނަމަވެސް، ފަހުން ވަނީ އެއީ 7.3 ގެ ބިންހެލުމެއް ކަމަށް އިސްލާހުކޮށްފައެވެ. އާންމުގޮތެއްގައި ތިލަ ސަރަހައްދުތަކަށް އަންނަ މިފަދަ ބާރުގަދަ ބިންހެލުންތަކުގެ...

ކޮމަންޑޫ ހިމެނޭހެން އިތުރު 17 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
Raajje

ކޮމަންޑޫ ހިމެނޭހެން އިތުރު 17 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި

އަތޮޅުތެރޭގެ ރަށްތަކުގައި ދެމުންގެންދާ ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު 17 ރަށަކަށް އައު އެމްބިއުލާންސް އިއްޔެ ހަވާލުކޮށްފިއެވެ. ހެލްތް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި މިއީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގައި ހުރި، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ ވީރާނާވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި ފޯރުކޮށްދިން އުޅަނދުތަކެކެވެ. މި އެމްބިއުލާންސްތަކަކީ ޖުމްލަ 31 އެމްބިއުލާންސް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އ...

''ސިހުރުވެރިޔެއްގެ ކިބައިން ކަމަކު އެދުމާއި ސުވާލުކުރުމާއި ބަސް ޤަބޫލުކުރުން ވެސް ވަނީ ނަހީކުރައްވައިފައި''
Column

''ސިހުރުވެރިޔެއްގެ ކިބައިން ކަމަކު އެދުމާއި ސުވާލުކުރުމާއި ބަސް ޤަބޫލުކުރުން ވެސް ވަނީ ނަހީކުރައްވައިފައި''

ސިހުރުވެރިއެއްގެ ކިބައިން ކަމަކު އެދުމާއި، ސުވާލުކުރުމާއި، އެމީހުން ދައްކާ ވާހަކަ ގަބޫލުކުރުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެއްކަން ބަޔާންކޮށް، ސިހުރުގެ ނުރައްކާތެރިކަމުގެ މައްޗަށް މިއަދުގެ ހުކުރު ހުތުބާގައި އަގުހުރި ދަރުސްތަކެއް ދީފިއެވެ. “ސިހުރު ހާހޫރައިގެ ނުބައިކަން” މި މައުޟޫއަށް ރާއްޖޭގެ އެކިކޮޅުތަކުގައި މިއަދު އިއްވި ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ސިހުރު ހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޝިރުކުގެ އަމަލެކެވެ. ސިހުރުވެރިއަކަށް ވެވޭނީ ކޮންމެ ކަމެއްގައިމެ ޝައ...

ހުޅުމާލޭ ގެސްޓްހައުސްއެއްގައި ނިޔާވެފައި އޮތް ދިވެއްސަކު ފެނިއްޖެ
Raajje

ހުޅުމާލޭ ގެސްޓްހައުސްއެއްގައި ނިޔާވެފައި އޮތް ދިވެއްސަކު ފެނިއްޖެ

ހުޅުމާލެ ފޭސް 1 ގައި ހުންނަ ގެސްޓްހައުސްއެއްގެ ތެރޭގައި ނިޔާވެފައި އޮތް ދިވެއްސަކު މިއަދު ފެނިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި، ހުޅުމާލެ ފޭސް 1 ގެ ގެސްޓްހައުސްއެއްގެ ތިންވަނަ ފަންގިފިލާގައި ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 17 ޖުލައި 2026 ވާ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. މި ހާދިސާގައި ނިޔާވެފައިވަނީ މާލެ، ސްޓަރ، މުޙައްމަދު ރަޒީން (50އ) އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް […]

ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ އެއްވަނަ އިހަވަންދޫ ޝަހާމާ އަށް
Thiladhunmathi News

ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ އެއްވަނަ އިހަވަންދޫ ޝަހާމާ އަށް

ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ “ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ސީޒަން 7” ގެ ފަޚުރުވެރި އެއްވަނަ، ހއ. އިހަވަންދޫ ބުލްބުލާގެ މަރްޔަމް ޝަހާމާ ހާސިލްކޮށްފިއެވެ. ރޭޑިއޯ ޕްރެޒެންޓިންގ ދާއިރާއަށް ހުނަރުވެރި ޒުވާނުން ނެރުމުގެ މަގްސަދުގައި ކުރިއަށްގެންދާ މި މުބާރާތުގެ އެއްވަނަ ހާސިލްކުރި ޝަހާމާއަށް ވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމާއި، އުމްރާ ދަތުރެއްގެ އިތުރުން، އެއް އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރު...

ހުޅުމާލޭގައި 1000 ހައުސިންގ ޔުނިޓު ތަރައްޤީކުރަން ދިވެހި ކުންފުނިތަކަކާ ހަވާލުކޮށްފި
Raajje

ހުޅުމާލޭގައި 1000 ހައުސިންގ ޔުނިޓު ތަރައްޤީކުރަން ދިވެހި ކުންފުނިތަކަކާ ހަވާލުކޮށްފި

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން، ހުޅުމާލޭގައި 1000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ސަތޭކަ އިންސައްތަ ދިވެހި ފަސް ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ. އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ “އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމް” ގެ ދަށުން ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. މި މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކުރި ދިވެހި ކުންފުނިތަކަކީ: އ...

އިޖުތިމާޢީ އެހީތެރިކަމަށް އެދި ހުށަހަޅާ މައްސަލަތައް ޑިޖިޓަލްކުރުމަށް "އިތާ" ޕޯޓަލް އިފްތިތާޙުކޮށްފި
Raajje

އިޖުތިމާޢީ އެހީތެރިކަމަށް އެދި ހުށަހަޅާ މައްސަލަތައް ޑިޖިޓަލްކުރުމަށް "އިތާ" ޕޯޓަލް އިފްތިތާޙުކޮށްފި

ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތައް ހަރުދަނާކޮށް، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މަޢުލޫމާތު ރައްކާތެރިކުރުމަށް އެކުލަވައިލި އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް “އިތާ” ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ އެ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ސިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވަޒީރު ގީލާ ޢަލީ އެވެ. ޔުނިސެފް މޯލްޑިވްސ...

ކުޅުދުއްފުށި ސިޓީ ކައުންސިލާއި ބިލެއްދޫ ކައުންސިލުން ފަންނީ ގާބިލުކަމާއި ތަޖުރިބާ ހިއްސާކުރުމަށް އެއްބަސްވުމެއް
Thiladhunmathi News

ކުޅުދުއްފުށި ސިޓީ ކައުންސިލާއި ބިލެއްދޫ ކައުންސިލުން ފަންނީ ގާބިލުކަމާއި ތަޖުރިބާ ހިއްސާކުރުމަށް އެއްބަސްވުމެއް

ކުޅުދުއްފުށި ސިޓީ ކައުންސިލާއި ފ. ބިލެއްދޫ ކައުންސިލާ ދެމެދު، މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި ތަޖުރިބާ ހިއްސާކުރުމަށްޓަކައި ހާއްސަ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ސިޓީގެ މޭޔަރު މުހައްމަދު އާތިފްއެވެ. ބިލެއްދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޝާއިލް މާޙިރެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދެ ކައުންސިލްގެ މުވަ...

ހަނިމާދޫ ގޭބިސީތަކުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި
Thiladhunmathi News

ހަނިމާދޫ ގޭބިސީތަކުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި

ހދ. ހަނިމާދޫގެ ހުރިހާ ގޭބިސީތަކުގައި ސޯލާ ޕެނަލް ހަރުކޮށްދިނުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ. ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު ”ތިލަދުން” އަށް ވިދާޅުވީ، އެ މަސައްކަތަކީ މި ދައުރުގެ ކައުންސިލް މެމްބަރުންގެ ވައުދެއް ކަމަށެވެ. މި ވަޢުދު ތަންފީޒުކުރުމަށްޓަކައި ސާވޭ ކުރުމަށް ޢިއުލާން ކުރުމަށް މިހާރު ބަޖެޓްގައި އެކަމަށް ބޭނުންވާ ފައިސާ ހިމަނާފައިވާކަމަށް ފިރާގް ވިދާޅުވިއެވެ. ފިރާގު ވިދާޅުވީ، އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ހަތަރު ފޭސް އަކަށް ބަހާލަ...

ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ދަރިވަރުން ޗުއްޓީއަށް
Raajje

ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ދަރިވަރުން ޗުއްޓީއަށް

މި އަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް މިއަދު ޗުއްޓީ އަށް ގޮސްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ތާވަލުގައިވާ ގޮތުން، ފުރަތަމަ ޓާމުގެ ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ. މި ހިނގާ ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ދަރިވަރުންނަށް ލިބޭނީ މިއަހަރުގެ ޑިސެންބަރު މަހުގެ 18 އިން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 16 […]