ބ. އޭދަފުށީ ބަނދަރު ސަރަހައްދު ފަޅުތެރޭގައި މީހަކު ނިޔާވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި މީހަކު ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2026 ޖުލައި 14 ވާ އާދީއްތަ ދުވަހުގެ ހެނދުނު 7:55 އެހައިކަންހާއިރު ކަމަށެވެ.

Ad
rt

މޫދުގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ އެ ރަށު ސީސަންގެ، އުމުރުން 82 އަހަރުގެ ޢަލީ ޢަބްދުﷲ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި، ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.