މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,450 Stories
2,883 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ހިރިޔާ ސްކޫލާއި، މަޖީދިއްޔާ ސްކޫލްގައި ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި
Raajje

ހިރިޔާ ސްކޫލާއި، މަޖީދިއްޔާ ސްކޫލްގައި ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި

މާލެ ސިޓީގެ ހިރިޔާ ސްކޫލާއި، މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ. ޓްރެފިކް މޮނީޓަރސް ޕްރޮގްރާމަކީ، މަގުމަތީގެ ސަލާމަތާއި ރަައްކާތެރިކަމަށް ސްކޫލް ދަރިވަރުން އަހުލުވެރިކުރުވައި ސްކޫލް ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި އަމަލީގޮތުން ދަރިވަރުން ބައިވެރިކުރުވުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއާނަސް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ހިރިޔާ ސްކޫލާއި، މަޖީދިއްޔާ ސް...

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު އިތުރުކޮށްފި
Raajje

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު އިތުރުކޮށްފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރުކުރައްވައިފިއެވެ. ރައީސް ޞާލިޙް، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު އިތުރުކުރެއްވީ 17 ނޮވެންބަރު 2023 ގެ ނިޔަލަށެވެ. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު އިތުރުކުރައްވާފައި ވަނީ އިންތިޤާލީ އިންސާފުގެ ޤާނޫނު (ޤާނޫނު ނަންބަރު 28/2020) ދަށުން އުފައްދާފައިވާ “އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް” ގެ މަސައްކަތްތަކަށް ކަނޑައަޅުއ...

އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި މާދަމާ ފަށަނީ
Raajje

އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި މާދަމާ ފަށަނީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ. ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން މިއަދު ވިދާޅުވީ، އާރުޓީއެލް އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި މާދަމާ ފަށާނެއެވެ. އަދި އަހުލުވެރި ކުރުމުގެ ދަތުރުތައް ކުރިއަށްދާއިރު މި ދަތުރުތަކަށް އެއްވެސް އަގެއް ނުނަގާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެ އަތޮޅުގައި ތިން ރޫޓަކުން ދަތުރުތައް ކުރުމަށް މިހާރު ތަވަލުކޮށްފައިވާއިރު، ހަފުތާގ...

ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައި، ރާއްޖޭގެ ޤައުމީ ގަދަ 10 ގެ 1 ވަނައިގައި ޖަލާލުއްދީން ސްކޫލްގެ 2 ދަރިވަރެއް
Thiladhunmathi News

ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައި، ރާއްޖޭގެ ޤައުމީ ގަދަ 10 ގެ 1 ވަނައިގައި ޖަލާލުއްދީން ސްކޫލްގެ 2 ދަރިވަރެއް

2022-2021 ވަނަ އަހަރުގެ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުން، ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން ދިވެހިރާއްޖޭގެ ޤައުމީ ގަދަ 10 ގެ 1 ވަނައިގައި ކުޅުދުއްފުށީ ސިޓީގެ ޖަލާލުއްދީން ސްކޫލްގެ 2 ދަރިވަރަކު ހިމެނިއްޖެއެވެ. ޖަލާލުއްދީން ސްކޫލުން ކުރި ޕޯސްޓެއްގައި ވިދާޅުވީ، 2022-2021 ވަނަ އަހަރުގެ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުތަކުގެ ފައިނަލް ނަތީޖާއަށް ބަލާއިރު ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވާ 13 ދަރިވަރުންގެ ތެރޭގައި ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން ދިވެހިރާއްޖޭގެ ޤައުމީ ގަދަ […]

ނޮޅިވަރަމްގައި ވާހަކަ ދެއްކުމާއި އަޑުއިވުމުގެ ދަތިތައް ހުރި ފަރާތްތަކަށް ކޭމްޕެއް
Thiladhunmathi News

ނޮޅިވަރަމްގައި ވާހަކަ ދެއްކުމާއި އަޑުއިވުމުގެ ދަތިތައް ހުރި ފަރާތްތަކަށް ކޭމްޕެއް

ހދ. ނޮޅިވަރަމްގައި، ވާހަކަ ދެއްކުމާއި އަޑުއިވުމުގެ ދަތިތައް ހުރި ފަރާތްތަކަށް ކޭމްޕެއް ބާއްވަން އެރަށު ކައުންސިލުން ނިންމައިފިއެވެ. މި ކޭމްޕަކީ ނޮޅިވަރަމް ކައުންސިލާއި، ”އާރކް” އަދި ”ބިއުޓިފުލް އައިސް ޑައުންސިންޑްރޯމް ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ. ނޮޅިވަރަމް ކައުންސިލުން ވިދާޅުވާގޮތުގައި، މި ކޭމްޕް ޚާއްޞަ ކުރެވިފައި ވަނީ ވާހަކަ ދެއްކުމާއި އަޑުއިވުމުގެ ދަތިތައް ހުރި އުމުރުން 18 އަހަރުން ދަށުގެ ފަރާތްތަކަށެވެ. މި ކޭމްޕްގައި ބަލި ދެނެގަތުމާއި، ސްޕީޗް ތެރަޕިސްޓުންނަށް ދެއްކުމުގެ ޚިދުމަތް ދިނު...

ދިވެހި ފަންނާނުންގެ ހުނަރުތައް ދައްކާލުމުގެ މައުރަޒެއް ނޫވިލު ސީޕްލޭން ޓާމިނަލްގައި
Raajje

ދިވެހި ފަންނާނުންގެ ހުނަރުތައް ދައްކާލުމުގެ މައުރަޒެއް ނޫވިލު ސީޕްލޭން ޓާމިނަލްގައި

ދިވެހި ފަންނާނުންގެ ހުނަރުތައް ދައްކާލުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ނޫވިލު ސީޕްލޭން ޓާމިނަލްގައި ކުރިއަށްދާ މައުރަޒު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ބައްލަވާލައްވައިފިއެވެ. ނެޝެނަލް ސެންޓަރ ފޮރ ދި އާރޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި މައުރަޒަކީ، ރާއްޖޭގެ ފުންނާބު އުސް އަދި ކުރި އަރަމުން އަންނަ ފަންނާނުންގެ ހުނަރުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރުކުރުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ނޫ...

ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން އުޅުނީ ތަންތަން ގޮއްވަން: ފުލުހުން
Raajje

ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން އުޅުނީ ތަންތަން ގޮއްވަން: ފުލުހުން

ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން ކުރިއަށް ގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރު ކުރިމީހުން އުޅުނީ، ނިރުބަވެރި ޖަމާއަތެއްކަމަށްވާ،އިސްލާމިކް ސްޓޭޓް (އައިއެސް)އާއި ގުޅިގެން ތަންތަން ގޮއްވަން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށްދާ މީޑިއާ ބްރީފިން ގައި އިންސްޕެކްޓަރް އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ ހަމަލާ ހުއްޓުވަން ހިންގި އޮޕަރޭޝަނުގައި 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެއީ އައ...

އޮސްޓްރޭލިއާގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
Raajje

އޮސްޓްރޭލިއާގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޕޯލް ވެސްލީ ސްޓެފަންސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ. އޮސްޓްރޭލިއާގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތަށްފަހު، އޮސްޓްރޭލިއާގެ ސަފީރާ ބައްދަލުކުރައްވައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ދެމެދު އޮތް ބަދަހި ގުޅުމަކީ ރާއްޖެއިން ވަރަށް އިސްކަންދޭ މުހިންމު ގުޅުމެއްކަން ވަނީ ފާހ...

ދޯންޏަކަށް ދިޔަވާތީ ސިފައިން ހަރަކާތްތެރިވަނީ
Raajje

ދޯންޏަކަށް ދިޔަވާތީ ސިފައިން ހަރަކާތްތެރިވަނީ

މާލެ އިން ފުރައިގެން ދާލުއަތޮޅަށް ދަތުރު ކުރަމުން ދާ ދޯންޏަކަށް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެއީ “ރެދަން” ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އެ ދޯނި މިހާރު އޮތީ ވ. ފުުށިފަރު ކައިރީ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ. ”ކޯސްޓްގާޑުން ދަނީ އެ ދޯނި އޮތް ސަރަހައްދަށް ދަތުރުކުރަމުން،” އެމްއެންޑީއެފުން ވިދާޅުވިއެވެ. މިހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައި ވަނީ މިއަދު 13:28 ހާއިރު އެވެ.

ރާއްޖެ އިސްތިހާރު ކުރުމަށް އެމްއެމްޕީއާރުސީން ކުރާ މަސައްކަތަށް ރައީސްގެ ޝުކުރު
Raajje

ރާއްޖެ އިސްތިހާރު ކުރުމަށް އެމްއެމްޕީއާރުސީން ކުރާ މަސައްކަތަށް ރައީސްގެ ޝުކުރު

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށްޓަކައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ކުރަމުން އަންނަ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝުކުރު އަދާކުރައްވައިފިއެވެ. އެމްއެމްޕީއާރްސީގެ މުވައްޒަފުންނަށް ރައީސް ޞާލިޙް، ޝުކުރު އަދާކުރެއްވީ އެމަނިކުފާނު މިއަދު އެތަނަށް ޒިޔާރަތްކުރައްވައި، މުވައްޒަފުންނާ ބައްލުކުރައްވައި ދެއްކެވި ވާހަކަފުޅުއިގައެވެ. ރައީސްގެ ވާހަކަފުޅުގައި ރާއ...

މިއަހަރުގެ "ރިވެލި މަޢުރަޒު" ފަށައިފި
Raajje

މިއަހަރުގެ "ރިވެލި މަޢުރަޒު" ފަށައިފި

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިންތިޒާމްކޮށްގެން ބާއްވާ “ރިވެލި މަޢުރަޒު 2022” ފަށައިފިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހުނަރާއި، އުފެންދުންތެރިކަން ޢާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ޖެންޑަރ މިނިސްޓްރީން ބާއްވާ މި މައުރަޒު މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވީ، މިއަދު ހެނދުނު ދަރުބާރުގޭގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސުލްޖު...

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ފުލުހެއް
Raajje

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ފުލުހެއް

ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި 12 މީހުންގެ ތެރޭގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ)ގައި މަސައްކަތްކުރާ ފުލުހެއް ހިމެނޭކަމަށް އިނގިއްޖެއެވެ. މާލެއާއި ހުޅުމާލޭގައި ހިންގި މި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ 4 އަންހެނުންނާއި، 8 ފިރިހެނުންނެވެ. އޭގެ ތެރޭގައި ފުލުހެއް ހިމެނޭކަމަށް އަޑުތައް ފެތުރިފައި ވަނިކޮށް، ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި މަސްތުވާތަކެތީގ...

ރައީސްގެ ދެކަނބަލުން "ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރ" އަށް ޒިޔާރަތްކުރައްވައިފި
Raajje

ރައީސްގެ ދެކަނބަލުން "ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރ" އަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްޓެލްކޯގެ “ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރ” އަށް ޒިޔާރަތްކުރައްވައިފިއެވެ. ރައީސްގެ ދެކަނބަލުން ވަނީ މިއަދު ސްޓެލްކޯގެ “ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރ” އަށް ޒިޔާރަތް ކުރައްވައި، އެތަނުގައި ތިބި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައި އަދި އެ ޗައިލްޑްކެއަރ ސެންޓަރ ބައްލަވާލައްވައިފިއެވެ. ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރަކީ، ސަރުކާރުން ރައްޔިތުންނަށް އިޖްތިމާޢީ ހަމަޖެހުން ގެނެސްދިނުމަށާއި، އަންހެނުން...

މުރައިދޫ ކައުންސިލްގެ ލޯގޯ އާއި ޔުނިފޯމު އަދި ވެބްސައިޓް އިފްތިތާޙްކޮށްފި
Thiladhunmathi News

މުރައިދޫ ކައުންސިލްގެ ލޯގޯ އާއި ޔުނިފޯމު އަދި ވެބްސައިޓް އިފްތިތާޙްކޮށްފި

ހއ. މުރައިދޫ ކައުންސިލްގެ ލޯގޯ އާއި ޔުނިފޯމު އަދި ވެބްސައިޓް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މުރައިދޫ ސްކޫލްގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މި ރަސްމިއްޔާތުގައި މުރައިދޫ ކައުންސިލްގެ ވެބްސައިޓް އިފްތިތާޙް ކޮށްދެއްވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. ވެބްސައިޓް އިފްތިތާޙްކޮށް ދެއްވުމަށްފަހު އަތޮޅު ރައީސް ރަސްމިއްޔާތުގެ ބައިވެރިންނާ މުހާތަބުކޮށް ދެއްކެވި ވާހަކާގައި ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމުގެ ދަށުން މިނިވަންކަމާއެކު މަސައްކަތްކުރަމުންދާ ތަނަކަށްވާތީ، މިފަދަ މ...

ޙާފިޡުންނަށް ދެއްވާ ޚާއްޞަ މެޑެލް 13 ފަރާތަކަށް
Raajje

ޙާފިޡުންނަށް ދެއްވާ ޚާއްޞަ މެޑެލް 13 ފަރާތަކަށް

ކީރިތި ޤުރްއާން ހިތުދަސްކޮށްގެން އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް މިރޭ ދެއްވައިފިއެވެ. މި މެޑެލް 13 ފަރާތަކަށް ލިބިފައިވާއިރު، މި މެޑެލްތައް ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް ހާސިލުކުރެއްވި 13 ޙާފިޡުންނަކީ: 1. އަލްޙާފިޡާ ފާޠިމަތު ފައުޒިއްޔާ، އާވެލި، ސ. ހިތަދޫ 2. އަލްޙާފިޡާ ޝިފާ ބިންތު ޢަބްދުﷲ ޙަމީދު، މަތި...