ކީރިތި ޤުރްއާން ހިތުދަސްކޮށްގެން އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް މިރޭ ދެއްވައިފިއެވެ.

މި މެޑެލް 13 ފަރާތަކަށް ލިބިފައިވާއިރު، މި މެޑެލްތައް ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް ހާސިލުކުރެއްވި 13 ޙާފިޡުންނަކީ:

1. އަލްޙާފިޡާ ފާޠިމަތު ފައުޒިއްޔާ، އާވެލި، ސ. ހިތަދޫ
2. އަލްޙާފިޡާ ޝިފާ ބިންތު ޢަބްދުﷲ ޙަމީދު، މަތިމަރަދޫ. މާލަމް، ލ. ގަން
3. އަލްޙާފިޡް ހޫދު މުޙައްމަދު ޢަލީ، ދިގުވާނޑު. އަނޯވާ، ޏ. ފުވައްމުލައް
4. އަލްޙާފިޡް މުޙައްމަދު އަނީސް ޙުސައިން، މިސްކިތްމަގު. މާވޭދެ، ޏ. ފުވައްމުލައް
5. އަލްޙާފިޡާ ޞަފިއްޔާ ޢަލީދީދީ، މާލެގަން. މާވިނަ، ޏ. ފުވައްމުލައް
6. އަލްޙާފިޡް މުޙައްމަދު ފަލާޙް ޞާލިޙް، އިތާމުތްގެ، ސ. ހިތަދޫ
7. އަލްޙާފިޡް ޢަބްދުﷲ ބިން އިމްޖާދު، ގ. ރައިހާނުގެ
8. އަލްޙާފިޡާ ފާޠިމަތު ޙަސަން، ރޯޒްބޯލް، ސ. ހިތަދޫ
9. އަލްޙާފިޡް މުޙައްމަދު އައިދިން ނަޖުމީ، ކަށިމާގެ، ސ. މަރަދޫ
10. އަލްޙާފިޡް ޢަބްދުލްބާސިޠް ސަލީމް، ދިލްކަޝްވިލާ، ގދ. ހޯނޑެއްދޫ
11. އަލްޙާފިޡް ޢައްމާރު ބިން އިބްރާހީމް، ދަފްތަރު ނަންބަރު 011، ނ. ވެލިދޫ
12. އަލްޙާފިޡާ މަރްޔަމް ނައިސަމް ސަޢީދު، ކުރިބޯށި، ސ. ފޭދޫ
13. އަލްޙާފިޡް އަމަން އަޙްމަދު ޢާޠިފް، ޑޭޒީމާގެ، ބ. ހިތާދޫ މިބޭފުޅުންނެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށްގެން އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް ދެއްވުމުގެ އިތުރުން މިރޭ ވަނީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ވެސް 65 ފަރާތަކަށް ދެއްވާފައެވެ.

މި އިނާމުތައް ދެއްވާނެ ފަރާތްތައް ކަނޑައަޅުއްވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ.