އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރުކުރައްވައިފިއެވެ.

ރައީސް ޞާލިޙް، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު އިތުރުކުރެއްވީ 17 ނޮވެންބަރު 2023 ގެ ނިޔަލަށެވެ.

Ad
rt

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު އިތުރުކުރައްވާފައި ވަނީ އިންތިޤާލީ އިންސާފުގެ ޤާނޫނު (ޤާނޫނު ނަންބަރު 28/2020) ދަށުން އުފައްދާފައިވާ "އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް" ގެ މަސައްކަތްތަކަށް ކަނޑައަޅުއްވާފައިވާ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތު 17 ޑިސެންބަރު 2022 ގެ ނިޔަލަށް ހަމަވާއިރު، އެ އޮފީހުން ތަޙުޤީޤުކުރައްވަމުން ގެންދަވާ ބައެއް މައްސަލަތައް ފުރިހަމަކުރެއްވުމަށްޓަކައި މި މުއްދަތު އިތުރުކޮށްދެއްވުން އެދި އޮމްބަޑްސްޕަރސަނުން އެދިލައްވާފައިވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތީން، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު 17 ނޮވެންބަރު 2023 ގެ ނިޔަލަށް އިތުރުކުރިއިރު އެ އޮފީހުގެ ޗީފް އޮމްބަޑްސްޕަރސަންގެ މަގާމުގައި ހުންނެވީ ޢަބްދުއްސަލާމް ޢާރިފް، އީޓުޖެހިގެ/ ނ. މާފަރު އެވެ. އަދި އޮމްބަޑްސްފަރސަން ގެ ގޮތުގައި ދެ ބޭފުޅަކު ތިއްބަވައެވެ. އެއީ ޖިހާދާ އަނީސް، ބްލޫރޯޒް/ ގއ. ކަނޑުހުޅުދޫ އަދި މުޞްޠަފާ ޙަމީދު، ކަނީރުމާގެ/ރ.އަނގޮޅިތީމު އެވެ.

އިންތިގާލީ އިންސާފުގެ އޮފީހަކީ ޖެނުއަރީ، 1953 އިން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށުމާ ހަމައަށް ހިނގާފައިވާ މައްސަލަތައް ބެލުމުގެ ބާރު އޮންނަ އޮފީހެވެ.