ހދ. ނޮޅިވަރަމްގައި، ވާހަކަ ދެއްކުމާއި އަޑުއިވުމުގެ ދަތިތައް ހުރި ފަރާތްތަކަށް ކޭމްޕެއް ބާއްވަން އެރަށު ކައުންސިލުން ނިންމައިފިއެވެ.

މި ކޭމްޕަކީ ނޮޅިވަރަމް ކައުންސިލާއި، ''އާރކް'' އަދި ''ބިއުޓިފުލް އައިސް ޑައުންސިންޑްރޯމް ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ.

Ad
rt

ނޮޅިވަރަމް ކައުންސިލުން ވިދާޅުވާގޮތުގައި، މި ކޭމްޕް ޚާއްޞަ ކުރެވިފައި ވަނީ ވާހަކަ ދެއްކުމާއި އަޑުއިވުމުގެ ދަތިތައް ހުރި އުމުރުން 18 އަހަރުން ދަށުގެ ފަރާތްތަކަށެވެ.

މި ކޭމްޕްގައި ބަލި ދެނެގަތުމާއި، ސްޕީޗް ތެރަޕިސްޓުންނަށް ދެއްކުމުގެ ޚިދުމަތް ދިނުމަށް ނިންމާފައި ވަނީ ހިލެއެވެ.

މި ކޭމްޕްގައި ބައިވެރިވާން އެދޭ އެރަށުގެ ފަރާތްތަކުން ނަން، ޢުމުރު، ޖިންސް، ނުކުޅެދުންތެރިކަމުގެ ބާވަތް އަދި ބެލެނިވެރިޔާއާއިގުޅޭނެ ނަންބަރު ހިމެނުމަށްފަހު، 17 ނޮވެމްބަރުގެ ކުރިން 9943547 އަށް ވައިބަރ މެސެޖު ފޮނުވުމަށް ނޮޅިވަރަމް ކައުންސިލުން އެދިލައްވައެވެ.

މި ކޭމްޕް ނޮޅިވަރަމްގައި ކުރިއަށް ގެންދަން ނިންމާފައި ވަނީ މި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.