ފީފާ ވަރލްޑް ކަޕް 2026 ގެ ތަށި ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުން ކާމިޔާބުކުރުމާ ގުޅިގެން، އެ ޤައުމުގެ ވެރިންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

މި ކާމިޔާބީ ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްޕެއިންގެ ރަސްގެފާނު ހިޒް މެޖަސްޓީ ފެލީޕޭ 6 ވަނައަށާއި، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސެލަންސީ ޕޭދްރޯ ސަންޗެޘް ޕެރޭޘް-ކަސްތޭޚޯނަށް ވަކިވަކިން ތަހުނިޔާގެ މެސެޖު ފޮނުއްވާފައެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސްޕެއިންގެ ޓީމުން ހޯދި މި ބޮޑު ކާމިޔާބީއަކީ އެ ޓީމުގެ ކުޅުންތެރިންގެ ހުނަރާއި، މަސައްކަތްތެރިކަމާއި، ކުޅިވަރުގެ މޮޅުކަން ދައްކުވައިދޭ ހެއްކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ފުޓުބޯޅައަކީ ދިވެހިންގެ މެދުގައި ނުހަނު މަޤުބޫލު ކުޅިވަރެއްކަން ފާހަގަކުރައްވައި، ސްޕެއިން ޓީމަކީ ދިވެހި ސަޕޯޓަރުންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް އޮތް ޓީމެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ސްޕޭން ޝާހީ ޢާއިލާގެ ބޭފުޅުން ޓީމަށް މަރުޙަބާ ކިޔަނީ،

މީގެ އިތުރުން، ސްޕެއިންގެ މި ކާމިޔާބީގެ އުފަލުގައި ދިވެހިން ބައިވެރިވެފައިވާކަމަށާއި، މިފަދަ ކަންކަމުގެ ސަބަބުން ރާއްޖެއާއި ސްޕެއިނާ ދެމެދު އޮތް ރަޙްމަތްތެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖެއާއި ސްޕެއިނާ ދެމެދު އޮތް ދެމެހެއްޓެނިވި ގުޅުމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައި ސްޕެއިންގެ ފަތުރުވެރިންނާއި ބައިވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ސްޕޭން ޝާހީ ޢާއިލާގެ ބޭފުޅުން ޓީމަށް މަރުޙަބާ ކިޔަނީ،

ސްޕޭނުން ވޯލްޑް ކަޕްގެ ތަށި ދެވަނަ ފަހަރަށް އުފުލައިލީ އާދީއްތަ ދުވަހު ކުޅުނު ފައިނަލްގައި ކުރީގެ ޗެމްޕިއަން އާޖެންޓީނާ 1-0 އިން ބަލިކޮށްގެންނެވެ.

ސްޕޭން ޓީމު މިއަދު ވަނީ ތައްޓާއެކު ގައުމަށް ގޮސްފައެވެ. އެ ޓީމަށް ސްޕޭންގެ ވެރިންނާއި ރައްޔިތުން އަންނަނީ ހިފެހެއްޓުމެއްނެތް މަރުޙަބާއެއް ކިޔަމުންނެވެ.