އިލެކްޝަން ކޮމިޝަން (އީސީ)ގައި ދަފުތަރު ކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓު އީސީ އަށް ހުށަހެޅި 6 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރުމަށް މިއަދު އެ ކޮމިޝަނުން ނިންމައިފިއެވެ.
އެ ޕާޓީ ތަކަކަކީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި، އަދާލަތު ޕާޓީ (އޭޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އެވެ.
އީސީން މިއަދު ވިދާޅުވި ގޮތުގައި އެ ޕާޓީތަކުން ވަނީ ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓު އެ ކޮމިޝަނަށް ހުށަހަޅާފައެވެ. އެހެންވެ ސިޔާސީ ޕާޓީތައް ހިންގުމަށް، މިއަހަރުގެ ބަޖެޓުން ކަނޑައެޅުއްވި 36,896,088.00 ރުފިޔާ އެ ޕާޓީތަކަށް ދޫކުރާގޮތަށް މިއަދު ކޮމިޝަނުން ވަނީ ނިންމާފައެވެ.
2023 ވަނަ އަހަރު ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ބެހިފައިވާގޮތުގެ ތަފްސީލް

މި ޕާޓީތަކުގެ މެންބަރުންކުރެ ބޮލަކަށް ޖެހޭ ނިސްބަތަކީ 247.05 ރުފިޔާއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ޝަރުތުހަމަވާ ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހެއެވެ. ޕާޓީތަކަށް އިލެކްޝަނުން ފައިސާ ދޫކުރަނީ މެމްބަރުންގެ އަދަދަށް ބަލައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!