މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، ދިރާސީ އައު އަހަރު (2023-2024)ގެ އެކަޑަމިކް ކަލަންޑަރު މިއަދު އާންމުކޮށްފިއެވެ.
މި ކަލަންޑަރުގައިވާގޮތުން 2023-2024 ވަނަ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ފަށާނީ 6 އޯގަސްޓް 2023 ގައެވެ.
މިކަލަންޑަރުގައިވާގޮތުން ފުރަތަމަ ޓާމްގެ މިޑްޓާމް ބުރޭކް ލިބޭނީ އޮކްޓޯބަރު 15 އިން 19 އަށެވެ. އަދި ފުރަތަމަ ޓާމްގެ ޗުއްޓީއަކީ 24 ޑިސެމްބަރު 2023 އިން 6 ޖެނުއަރީ 2024 އަށެވެ.
ގްރޭޑް 12ގެ ދަރިވަރުންނަށް ފުރަތަމަ ޓާމްގެ އިމްތިހާނު މިއަހަރުގެ 7 އޯގަސްޓްއިން 20 ސެޕްޓެމްބަރަށް ކުރިއަށް ގެންދަން ނިންމާފައިވާއިރު، ގްރޭޑް 11 ގެ ކިޔެވުން ފަށަން ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. އަދި ގްރޭޑް 7 އިން 12 އަށް ފުރަތަމަ ޓާމް އިމްތިހާން ބާއްވަން ނިންމާފައި ވަނީ ޑިސެމްބަރު 3 އިން 14 އަށެވެ.
ދެވަނަ ޓާމްގެ ކިޔެވުން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ފަށަން ނިންމާފައިވާއިރު ގްރޭޑް 11ގެ ދަރިވަރުންނަށް ފުރަތަމަ ޓާމްގެ އިމްތިހާނު ބާއްވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 21 އިން ފެބްރުއަރީ 8 އަށެވެ. ގްރޭޑް 10 އަށް މޮކް އެގްޒާމް އޮންނާނީ މާރިޗް 17 އިން 28 އަށެވެ.
ދެވަނަ ޓާމްގެ މިޑް ޓާމް ބްރޭކް އޭޕްރިލް 7 އިން 11 އަށް ތާވަލުކޮށްފައިވާއިރު، ގްރޭޑް 7 އިން 12 އަށް ދެވަނަ ޓާމްގެ އިމްތިހާނު އޮންނާނީ މެއި 26 އިން 6 ޖޫން އަށެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން ބަންދުވާނީ ޖޫން 13 އަށެވެ.
އަންނަ ދިރާސީ އަހަރުގެ ބޮޑު ބަންދުގެ މުއްދަތަކީ 14 ޖޫން އިން 25 އަށެވެ.
2024 ވަނަ އަހަރުގެ އެކަޑަމިކް އަހަރު ފަށާނީ 31 ޖުލައިގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!