މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,977 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ހިޔާ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިއްޖެ
Raajje

ހިޔާ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިއްޖެ

ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރަކުން މިރޭ ކުއްޖަކު ވެއްޓިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާާޅުވީ، އެ ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިރޭ 23:58 ގައެވެ. އެ ކުއްޖާ ވެއްޓިފައި ވަނީ އެޗް06 ހިޔާ ޓަވަރުގެ 12 ވަނަ ފަންގިފިލާއިންނެވެ. އެ ކުއްޖާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނައިރު، އެކުއްޖާ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައި ކަމަށް މައުލޫމާތު ލިބެއެވެ. އެ ކުއްޖާ ވެއްޓިފައި އޮތް ތަން ފެންނަ ވީޑިއޯއެއް މިހާރު މީސް […]

ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކު: ދިވެހި ސަރުކާރު
Raajje

ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކު: ދިވެހި ސަރުކާރު

ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް އޮންނާނީ ފަލަސްތީނާއެކުގައި ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ. ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުން އަންނަ އެ ގަމުގެ ޖަމާއަތެއްކަމަށްވާ، ހަމާސް އިން، އެ ގައުމުގެ ބިންތަކަށް ވެރިވެގަނެގެން ތިބި އިޒްރޭލަށް މިއަދު ވަނީ ކުއްލި ހަމަލާތަކެއްދީ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގައި ހަމާސްގެ މުޖާހިދުން އެ މީހުން އަމިއްލައަށް އުފައްދާފައިވާ ވައިކުޑަތަކާއި އަމިއްލައަށް އުފެއްދި ވަރަށް އާދައިގެ ހެލިކޮޕްޓަރުތަކެއް ބޭނުންކޮށްގެން ކުއްލިގޮ...

ކުރީގެ މިނިސްޓަރު އަމީންގެ ބައްޕަ އެކްސިޑެންޓުވެ، އައިސީޔޫގައި ފަރުވާދެނީ
Raajje

ކުރީގެ މިނިސްޓަރު އަމީންގެ ބައްޕަ އެކްސިޑެންޓުވެ، އައިސީޔޫގައި ފަރުވާދެނީ

ކުރީގެ ހެލްތު މިނިސްޓަރު ޢަބުދުﷲ އަމީންގެ ބައްޕަ ދުއްވި ސައިކަލުގައި ކާރަކުންޖެހި މިރޭ ހިނގި އެކްސިޑެންޓްގައި ލިބުނު އަނިޔާއަށް އައިސީޔޫގައި ފަރުވާދެމުން އެބަދެއެވެ. އަމީންގެ އިތުރުން ޖަޕާންގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތުގެ ބައްޕަ އަހްމަދު މަނިކު 74އ، އެކްސިޑެންޓްވީ މިރޭ އިޝާނަމާދުން ފައިބައިގެން ޗީބޯ ރެސްޓޯރެންޓުކައިރީ ހުންނަ އޭނާ ދިރިއުޅޭ ގެއަށް ދިޔަ މަގުމަތީގައެވެ. މި އެކްސިޑެންޓާގުޅޭ މައުލޫމާތު އަހްމަދު މަނިކުގެ ޢާއިލީ މެންބަރަކު ‘’ތިލަދުން’’ އަށް ހިއްސާކޮށްފައިވ...

އަދާލަތުން ވެސް ބަރުލަމާނީއާ ދެކޮޅު
Raajje

އަދާލަތުން ވެސް ބަރުލަމާނީއާ ދެކޮޅު

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ފުރޮޅައިލަންްް ނުފެންނަކަމަށް އަދާލަތު ޕާޓީ (އޭޕީ)އިން ވެސް ރޭ ނިންމައިފިއެވެ. އަދާލަތުން ބުނީ، ބަރުލަމާނީ ނިޒާމަށް ތާޢީދު ނުކުރުމަށް، ރޭ ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އިއްތިފާޤުން ފާސްކޮށްފައިވާ ކަމަށެވެ. އަދާލަތުން މި ނިންމުން ނިންމިއިރު، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު އާންމު ވޯޓެއް ނަގާ ނަމަ، ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، ވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހު...

ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި
Raajje

ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ވޯޓެއް ނަގާނަމަ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ތާއީދު ނުކުރަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފިއެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރަން އާންމު ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އަންގައި ރައްޔިތުންގެ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފައެވެ. މި ގަރާރަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ފުރޮޅާލުމަށް އިސްވެ މަސައްކަތްކުރާ ދަ ޑިމޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ މެންބަރު، ހުޅުދޫ...

މަކުނުދޫން ގޯތި ދޫކުރުމުގެ އުސޫލު އިސްލާހުކޮށް، 215 ގޯއްޗަށް ހުޅުވާލައިފި
Raajje

މަކުނުދޫން ގޯތި ދޫކުރުމުގެ އުސޫލު އިސްލާހުކޮށް، 215 ގޯއްޗަށް ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު އިސްލާހުކޮށް ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ. މަކުނުދޫން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް އިސްލާޙް ގެނެސް އެރަށު ކައުންސިލުން އިއްޔެ ވަނީ އެ އިސްލާހާއެކު އެ އުސޫލު ޢާންމުކުރައްވާފައެވެ. މި އުސޫލުގެ ދަށުން އެރަށުން 2400 އަކަފޫޓުގެ 215 ބަންޑާރަ ގޯތި ދޫކުރަން ނިންމާފައިވާއިރު، އެރަށުން ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު މިއަދު (އޮކްޓޯބަރު 4 ވާ ބުދަ ދުވަހުގެ) މެންދުރު 12 […]

އެމްޑީޕީ އަކީ ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ނޫން: ނަޝީދު
Raajje

އެމްޑީޕީ އަކީ ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ނޫން: ނަޝީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ކަމަށް ނުދެއްނެވޭނެ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. މިއަދުގެ ޖަލްސާގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓެއް ނެގުމަށް މެންބަރުން ކުރައްވަމުން ގެންދަވާ ބަހުސްގެ ތެރެއިން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކޮށްފިނަމަ...

އިންތިގެ އިސްލާހް ބަލައިނުގަތުމަށް ޓްރާންސްޕޭރެންސީން ގޮވައިލައިފި
Raajje

އިންތިގެ އިސްލާހް ބަލައިނުގަތުމަށް ޓްރާންސްޕޭރެންސީން ގޮވައިލައިފި

ރާއްޖޭގެ ދައުލަތުގެ ހިންގުމުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތުގެ ތެރެއިން ގާނޫނު އަސާސީއަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހަޅުއްވި އިސްލާހްގެ ބިލް ބަލައިނުގަތުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވައިލައިފިއެވެ. ދަ ޑިމޮކްރެޓްސްގެ މެންބަރު އިންތި ވަނީ އޮކްޓޯބަރު 1 ވަނަ ދުވަހު، ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. އިންތި މި ބިލް ހުށަހެޅުއްވީ މި ބިލް ފާސްކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާ ނަމަ އިތުރު ވޯޓަކަށް...

އަޅުގަނޑުގެ މައްޗަށް ހިނގާނީ ހަމައެކަނި ރައްޔިތުންގެ ބާރު: މުޢިއްޒު
Raajje

އަޅުގަނޑުގެ މައްޗަށް ހިނގާނީ ހަމައެކަނި ރައްޔިތުންގެ ބާރު: މުޢިއްޒު

ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި، އެމަނިކުފާނުގެ މައްޗަށް ހިނގާނީ ހަމައެކަނި ރައްޔިތުންގެ ބާރުކަމަށް އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން ޕީޕީއެމް/ޕީއެންސީން ރޭ ވަނީ މާލޭގެ ސޯޝަލް ސެންޓަރުގައި ޖަލްސާއެއް ބާއްވާފައެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ބޭއްވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަން މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު އިންތިޚާބު ކުރީ ރައްޔިތުން ކަމަށާއި އަދި އެމަނިކުފާނަކީ ރައްޔިތުންގެ ޚާދިމެއް ކަމަށެވެ....

މިއީ ބޮޑު ތިލަދުންމަތި ކަސްދޮޅުން ނައްޓާލެވުނު ފަސް އަހަރު: ޔާސިރު
Thiladhunmathi News

މިއީ ބޮޑު ތިލަދުންމަތި ކަސްދޮޅުން ނައްޓާލެވުނު ފަސް އަހަރު: ޔާސިރު

މި ފަސް އަހަރަކީ ބޮޑު ތިލަދުންމަތި ކަސްދޮޅުން ނައްޓާލެވުނު ފަސް އަހަރު ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ، އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. މި މެސެޖުގައި ޔާސިރު ވަނީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށާއި އިންތިޚާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފަށް ތަހުނިޔާ ދަންނަވާފައެވެ. މީގެ އިތުރުން މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އަށް ޔާސިރު ވަނީ ހިތްވަރު ދެއްވާފައެވެ. ”ވޭތުވި […]

ނިޒާމީ ވޯޓުގެ ކަންކަމުގައި ކުރިއަށްދާނީ ޕީޕީއެމް/ޕީއެންސީގެ މަޝްވަރާގެ މަތީން: ހަސަން
Raajje

ނިޒާމީ ވޯޓުގެ ކަންކަމުގައި ކުރިއަށްދާނީ ޕީޕީއެމް/ޕީއެންސީގެ މަޝްވަރާގެ މަތީން: ހަސަން

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަކަށް ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޝްވަރާގެ މަތިން ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ. އެ ޕާޓީ އުފެއްދުމުގެ އިސް މޭސްތިރިޔާ، މަޖިލިސް ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އެ ޕާޓީން މަސައްކަތް ކުރަމުން އަންނަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށެވެ. ގާނޫނުއަސާސީ މިހާރު އޮންނަ ގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު […]

''މުޢިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓުން ބައިވެރިވާނެ''
Raajje

''މުޢިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓުން ބައިވެރިވާނެ''

ދެން ފެށޭ ރިޔާސީ އައު ދައުރުގައި ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސް ވެސް ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. ދަ ޑިމޮކްރެޓްސްގެ ފައުންޑަރ،  ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިރޭ ވިދާޅުވީ، ދެން އުފެދޭ ޑރ. މުޢިއްޒުގެ ސަރުކާރުގައި އެ ޕާޓީން ވެސް ބައިވެރިވާނެ ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ދަ ޑިމޮކްރެޓްސް އިން ވާދަކޮށްފައިވާއިރު، އިންތިޚާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު […]

ރައީސާއި އިންތިހާބީ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި
Raajje

ރައީސާއި އިންތިހާބީ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އިންތިޚާބީ ރައީސް ޑރ. މުޢިއްޒު އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. އިއްޔެ އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އައު ދައުރަކަށް ރައީސް ކަމަށް ޑރ. މުޙައްމަދު އިންތިޚާބު ވެފައި ވަނީ ވޯޓުލީ މީހުންގެ 53.78 އިންސައްތަ ވޯޓު ހޯދައިގެންނެވެ. އެއީ، 126،499 ވޯޓެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 46.22 އިންސައްތަ ވޯޓެވެ. އެއީ 108،735 ވޯޓެވެ. ރިޔާސީ އައު ދައުރަކަށް ހުވާކުރުން އޮންނާނީ އަންނަ ނޮވެމްބަރު […]

ވާދޫގައި ބެހެއްޓި ވޯޓު ފޮށި ފަޅާލައިފި
Raajje

ވާދޫގައި ބެހެއްޓި ވޯޓު ފޮށި ފަޅާލައިފި

ގދ. ވާދޫގައި ބެހެއްޓި ވޯޓު ފޮށި ފަޅާލައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގދ. ވާދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލާން ދިޔަ މީހަކު ވޯޓު ފޮށި ފަޅާލި މައްސަލައެއް އެ އިދާރާއަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. މިއަދު ކުރިއަށް ދަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެވެ. މި ބުރުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް، އެމްޑީޕީގެ ކެންޑިޑޭޓް […]

މާލެ ސަރަހައްދުން ދެވަނަ ބުރުގެ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފި
Raajje

މާލެ ސަރަހައްދުން ދެވަނަ ބުރުގެ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން “ބިންވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށާއި، “ގެދޮރުވެރިޔާ” ސްކީމުގެ ދެވަނަ ވިޔަވަހިން ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ފުލެޓަށް އެދި ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ. މިފަހަރު ހުޅުވާލި ފުރުސަތުގެ ދަށުން “ގެދޮރުވެރިން ޕޯޓަލް” މެދުވެރިކޮށް ގޯއްޗަށް ނުވަތަ ފުލެޓަށް އެދި، 2023 ސެޕްޓެންބަރު 24 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 އޮކްޓޫބަރު 24 ވާ އަންގާރަ ދުވަހުގެ 15:00 ގެ ނިޔަލަށް […]