މި ފަސް އަހަރަކީ ބޮޑު ތިލަދުންމަތި ކަސްދޮޅުން ނައްޓާލެވުނު ފަސް އަހަރު ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޔާސިރު މިހެން ވިދާޅުވީ، އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

Ad
d

މި މެސެޖުގައި ޔާސިރު ވަނީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށާއި އިންތިޚާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފަށް ތަހުނިޔާ ދަންނަވާފައެވެ.

މީގެ އިތުރުން މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އަށް ޔާސިރު ވަނީ ހިތްވަރު ދެއްވާފައެވެ.

”ވޭތުވި ފަސް އަހަރަކީ ބޮޑު ތިލަދުންމަތި ކަސްދޮޅުން ނައްޓާލެވުނު ފަސް އަހަރު، ބޮޑު ތިލަދުންމަތީގެ އިގްތިސޯދުގެ ބިންގާ އެޅުމަށް މި ފަސް އަހަރު ގިނަ ކަންތައްތަކެއް ކުރެވިގެން ހިނގައްޖެ” ޔާސިރު ވިދާޅުވިއެވެ.

ޔާސީރު ވިދާޅުވީ، އޭނާގެ އުންމީދަކީ ކުޅުދުއްފުއްޓާއި ބޮޑު ތިލަދުން މަތީގައި މި ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް މި ފެށޭ ފަސް އަހަރު ފުރިހަމަވެގެން ދިޔުން ކަމަށެވެ.

ޔާސީރު ވިދާޅުވި، މި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީން ގަދަކޮށް މަސައްކަތްކުރުން މަތީގައި ދެމިތިބޭނެއެވެ.

Ad
df