ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރަކުން މިރޭ ކުއްޖަކު ވެއްޓިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާާޅުވީ، އެ ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިރޭ 23:58 ގައެވެ.

Ad
rt

އެ ކުއްޖާ ވެއްޓިފައި ވަނީ އެޗް06 ހިޔާ ޓަވަރުގެ 12 ވަނަ ފަންގިފިލާއިންނެވެ.

އެ ކުއްޖާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނައިރު، އެކުއްޖާ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

އެ ކުއްޖާ ވެއްޓިފައި އޮތް ތަން ފެންނަ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި އާންމުވެފައިވާއިރު އެ ވީޑިއޯއިން ފެންނަގޮތުގައި އެކުއްޖާ ވެއްޓިފައި އޮތް ތަނުގައި ވަރަށް ގިނަ ލޭ ހުއްޓެވެ.

މައުލޫމާތު ލިބޭގޮތުގައި ވެއްޓިފައި ވަނީ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖެކެވެ.