ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އިންތިޚާބީ ރައީސް ޑރ. މުޢިއްޒު އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

އިއްޔެ އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އައު ދައުރަކަށް ރައީސް ކަމަށް ޑރ. މުޙައްމަދު އިންތިޚާބު ވެފައި ވަނީ ވޯޓުލީ މީހުންގެ 53.78 އިންސައްތަ ވޯޓު ހޯދައިގެންނެވެ. އެއީ، 126،499 ވޯޓެވެ.

Ad
rt

އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 46.22 އިންސައްތަ ވޯޓެވެ. އެއީ 108،735 ވޯޓެވެ.

ރިޔާސީ އައު ދައުރަކަށް ހުވާކުރުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.