ގދ. ވާދޫގައި ބެހެއްޓި ވޯޓު ފޮށި ފަޅާލައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގދ. ވާދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލާން ދިޔަ މީހަކު ވޯޓު ފޮށި ފަޅާލި މައްސަލައެއް އެ އިދާރާއަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

Ad
rt

މި މައްސަލައާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.

މިއަދު ކުރިއަށް ދަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެވެ. މި ބުރުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙާއި، އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް މާލޭ މޭޔަރު ޑރ. މުޢިއްޒު އެވެ.

އިންތިޚާބުގެ ވޯޓު ފޮށިތައް ހަވީރު 17:00 ގައި ބަންދު ކުރަން ހަމަޖެހިފައިވާއިރު، ވޯޓު ގުނަން ފަށާނީ ފޮށި ބަންދު ކުރާތާ 30 މިނިޓް ފަހުންނެވެ.

މިއަދުގެ އިންތިޚާބުގައި ހިނގާފާނެ ކަމަކާމެދު ފުލުހުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވެސް ވަރުގަދަކޮށްފައެވެ.