ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް އޮންނާނީ ފަލަސްތީނާއެކުގައި ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުން އަންނަ އެ ގަމުގެ ޖަމާއަތެއްކަމަށްވާ، ހަމާސް އިން، އެ ގައުމުގެ ބިންތަކަށް ވެރިވެގަނެގެން ތިބި އިޒްރޭލަށް މިއަދު ވަނީ ކުއްލި ހަމަލާތަކެއްދީ އޮޕަރޭޝަނެއް ފަށާފައެވެ.

Ad
rt

މި އޮޕަރޭޝަންގައި ހަމާސްގެ މުޖާހިދުން އެ މީހުން އަމިއްލައަށް އުފައްދާފައިވާ ވައިކުޑަތަކާއި އަމިއްލައަށް އުފެއްދި ވަރަށް އާދައިގެ ހެލިކޮޕްޓަރުތަކެއް ބޭނުންކޮށްގެން ކުއްލިގޮތަކަށް ފުރަތަމަ ވަދެގަތީ ޣައްޒާގެ ވަށައިގެން އިސްރާއީލު ބިނާކޮށް ޔަހޫދީން ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ އަވަށްތަކަށެވެ. މި ހަމަލާތަކުގެ ރައްދުގައި އިޒްރޭލުން ވެސް ހަމަލާ ބަދަލުކުރަން ވަނީ ފަށައިފަ އެވެ.

މިހަމަލާތަކާއި ގުޅިގެން ކަންބޮޑުވުންފާޅުކޮށް ދިވެހި ޚާރިޖިއްޔާއިން މިރޭ އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްތީނާ އެކުގައި ކަމަށެވެ. އަދި ފަލަސްތީނުގެ ބިންތައް އިސްރާއީލުން ހިފަމުންދަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ހިލާފަށް ކަމަށް ގަބޫލުކުރާކަމަށެވެ.

މެދުއިރުމަތީގެ މަސްދަރުތަކާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާ، އަލްޖަޒީރާއިން އެންމެފަހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު ފަލަސްތީނުގެ ހަމާސް ޖަމާއަތާއި، އިސްރާއީލާ ދެމެދު ހިނގަމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 232 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، 200 އަށްވުރެ ގިނަ އިސްރާއީލް މީހުން ވަނީ މަރުވެފައެވެ.

ހަމަލާތަކާއިގުޅިގެން އިސްރާއީލުން ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިހާރުން މިހާރަށް ފަލަސްތީންގެ ރައްޔިތުންނަށް ދިނުމަށާއި އެ ބިންތަކުގައި ތިބި އިސްރާއީލްގެ ސިފައިން ފޭބުމަށް ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވަނީ ގޮވާލައްވާފައެވެ.