ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދަން އެއްބަސްވެއްޖެ
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ތުރުކީވިލާތަށާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ކުރެއްވި ރަސްމީދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. ރައީސްގެ ކެމްޕޭނުގައި އިންޑިއާ ސިފައިން ބޭލުމަށް ދެއްކިވާހަކަ މިއަދު ވެސް ތަފާތެއް ނުވާނެ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ މިއަދާއި ހަމައަށް ވެސް ޑިޕްލޮމަސީގެ ރީތި އުސޫލުގެ ތެރެއިން...