ލަސްތީނަށް އެހީތެރިވުމަށް ފަންޑް ރައިޒް ކުރުމަށް އާބަންކޯ ބާއްވާ ހަރަކާތަށް އާންމުންގެ ފަރާތުން ލިބޭ ތަރުހީބު ބޮޑުކަމަށާއި، އެހެންވެ މިއަދާއި މިރޭ ވެސް މިހަރަކާތުގައި ހިމެނޭ ޖަމްބަލް ސޭލް ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އާބަންކޯގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ބާއްވާ ފަންޑް ރެއިސިންގް އިވެންޓް އިއްޔެ ކުރިއަށް ގެންގޮސްފައިވާއިރު، އެ ކުންފުނިން ބުނީ އެ ކުންފުނީގެ މުވައްޒަފުން އިސްނަގައިގެން ލަސްތީނަށް އެހީތެރިވުމަށް ބޭއްވުނު ފަންޑް ރެއިސިންގް އިވެންޓަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
އެހެންވި މިއަދުވެސް ޖަމްބަލް ސޭލް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން މިއަދު ހަވީރު 4-6 އަށް އަދި ރޭގަނޑު 8-10އަށް ރުށްގަނޑު 2 ގައި ޖަމްބަލް ސޭލް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
— Urbanco (@hdcmaldives) December 2, 2023
އާބަންކޯ ބާއްވާ މިފަދަ ހަރަކާތްތަކަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް އަބަދު ވެސް ލިބެމުން އަންނަކަމަށް އެ ކުންފުނިން ބުނެއެވެ.
އާބަންކޯއިން ވަނީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އެކި ފަރާތްތަކުން ބޭއްވި ހަރަކާތްތަކުގައި ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!