މާލޭ ސިޓީގެ މޭޔަރު ހޮވުމަށާއި، ސިޓީ ކައުންސިލްގެ ތިން މެންބަރެއް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރުމަށް ޕްރައިމަރީއަށް ހުޅުވާލި ފުރުސަތުގައި އެއިން ކޮންމެ މަގާމަކަށް ވާދަކުރަން ފޯމު ހުށަޅުއްވާފައި ވަނީ އެންމެ ބޭފުޅެއްކަމުން ޕްރައިމަރީއަކަށް ނުގޮސް އެ ބޭފުޅުންނަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބުނީ، މާލެ ސިޓީ ކައުންސިލްގައި ހުސްވެފައިވާ މަޤާމްތަކަށް ޝައުޤުވެރިކަންފާޅު ކުރުމަށް އެ ޕާޓީން ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ ކޮންމެ ދާއިރާއަކަށްވެސް އެއް ކެންޑިޑޭޓެއް ކަމަށެވެ.

Ad
rt

އެހެންވެ، ޕްރައިމެރީއަކާއިނުލާ އެ ފަރާތްތަކަށް އެމްޑީޕީގެ ޓިކެޓް ޙަވާާލުކުރަން ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޓިކެޓް ލިބުނު ބޭފުޅުން

މާލޭގެ މޭޔަރު
1. އާދަމް ޢާޒިމް – މ. ސީނުކަރަންކާގެ / މާލެ

މެދު ހެންވޭރު ދާއިރާ
1. އަޙްމަދު ރިޝްވާން ރަޝީދު – ހ. ވޭމައުތު / މާލެ

ހެންވޭރު ދެކުނު ދާއިރާ
1. ޙައްވާ ނިޙްލާ – ހ. ތަރަބޫޒުގެ / މާލެ

މާފަންނު ދެކުނު ދާއިރާ
1. އަޙްމަދު ޢިމްރާން – މ. ފަޅުމަތީގެ / މާލެ

މޭޔަރު ކަމުގެ ޓިކެޓު ހޯދުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން އާޒިމް ފޯމު ހުށަހަޅުއްވައިފި

މޭޔަރު ކަމުގެ ޓިކެޓު ހޯދުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން އާޒިމް ފޯމު ހުށަހަޅުއްވައިފި

މި ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ، އަންނަ ޖެނުއަރީ 13 ވަނަ ދުވަހުއެވެ.

މާލޭގެ މޭޔަރު ކަމުގެ ގޮނޑި އަށް އެމްޑީޕގެ ޓިކެޓްގައި އާޒިމް ވާދަކުރައްވާއިރު، ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވަނީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހެވެ. ޕީޕީއެމް/ޕީއެންސީ ޓިކެޓަށް ޝައުގު ފާޅުކޮށް ކުރިމަތިލައްވާނެކަން ޢިއުލާން ކުރައްވާފައި ވަނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރެވެ.

ކުރީގެ ޕޮލިސް ކޮމީޝަނަރު ހުސެއިން ވަހީދު ވެސް މި ރޭހުގައި ވާދަކުރައްވާނެކަން ޢިއުލާން ކުރައްވާފައިވާއިރު، ހުސެއިން ވަހީދު ވާދަކުރެއްވުމަށް ހަމަޖެހިފައި ވަނީ މިހާރު އުފެއްދުމުގެ މަރުހަލާގައި އޮތް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޓިކެޓުގައެވެ.