ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ މަގާމު ހަތަރު ވަނަ ފަހަރަށް ރާއްޖެ ދިފާއުކޮށްފިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ބައިނަލްއަގްވާމީ އެންމެ ޝަރަފުވެރި އެވޯޑް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން" ހަތަރު ވަނަ ފަހަރަށް ރާއްޖެ އަށް ލިބުނުކަން އިއުލާން ކުރީ ވޯލްޑް ޓްރެވެލް އެވޯޑްސްގެ ދުނިޔޭގެ ވަނަތަކަށް އެވޯޑް ދިނުމަށް ރޭ ބޭއްވި ގްރޭންޑް ފައިނަލް ހަފްލާގައެވެ.
އެކުވެރި އިމާރާތުގެ ދުބާދީގެ "ބްރުޖް އަލް އެރެބް" ހޮޓެލްގައި ބޭއްވި މިހަފްލާގައި ރާއްޖެ މި މަގާމު ދިފާއު ކުރީ އިތުރު 17 ގައުމަކާ ވާދަ ކޮށްގެންނެވެ.
2020 ވަނަ އަހަރުގެ ފަހުން ރާއްޖެ ނޫން އެހެން ގައުމަކަށް މި އެވޯޑު ލިބިފައި ނުވާއިރު، ރޭގެ ހަފުލާގައި ދުނިޔޭގެ ކެޓަގަރީން ރާއްޖެއަށް މި އަހަރު 11 އެވޯޑެއް ލިބުނެވެ. އަދި އިންޑިޔާ ކަނޑުގެ ސަރަހައްދުން 22 އެވޯޑު ލިބުނެވެ.
މީގެ އިތުރުން މުޅިން އަލަށް ދޭން ފެށި، "ރިސިލިއެންސް އެވޯޑް" ހާސިލް ކުރި ފަސް ގައުމުގެ ތެރޭގައި ވެސް ރާއްޖެ ހިމެނިގެން ގޮސްފަވެއެވެ.
ރޭ ބޭއްވި ތިރީސް ވަނަ ޓްރެވަލް އެވޯޑް ހަފުލާގައި، ވޯލްޑް ލީޑިން ޓޫރިސްޓު ބޯޑުގެ ގޮތުގައި އެމްއެމްޕީއާރްސީ ހޮވިފައިވާއިރު، ދުނިޔޭގެ އެއް ވަނަ ސީޕްލޭން އޮޕަރޭޓަރުކަން ލިބުނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!