މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,992 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އެފްއޭއެމްގެ ރައީސް ބައްސާމުގެ ޕާސްޕޯޓު ހިފަހައްޓައިފި
Raajje

އެފްއޭއެމްގެ ރައީސް ބައްސާމުގެ ޕާސްޕޯޓު ހިފަހައްޓައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް)އާ ގުޅޭ ފައިސާގެ މައްސަލަތަކެއްގެ ތަހުގީގު ކުރިއަށްދާއިރު، އެ އެސޯޝިއޭސަންގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ބައްސާމްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ފުލުހުންގެ އިސްނެގުމުގެ މަތިން އެކަމަށް ބޭނުންވާ ކޯޓު އަމުރެއް ހޯދައިގެންނެވެ. ބައްސާމްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު، 30 ނޮވެމްބަރު 2023 ގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސައިން ޝަމީމް...

އަމާން ރާއްޖެއެއްގައި ފިކުރުބޮޑު ނުވާ ދިރިއުޅުމެއްގެ އުފާ ލިބެންވާނެ: އެމްޑީޕީ
Raajje

އަމާން ރާއްޖެއެއްގައި ފިކުރުބޮޑު ނުވާ ދިރިއުޅުމެއްގެ އުފާ ލިބެންވާނެ: އެމްޑީޕީ

ރާއްޖޭގައި ކުށްކުރުން އިތުރުވެ، މާރާމާރީތައް ގިނަވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެކަމާއި ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ އަމާންކަން ގެއްލި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުށްކުރުމާއި މާރާމާރީތައް އިތުރުވުމަކީ އެޕާޓީން ވަރަށް ކަންބޮޑުވާކަމެއް ކަމަށެވެ. ދިރިއުޅޭ ހިޔާވަހީގެ ރައްކާތެރިކަމާއި، މަގުތަކުގެ އަމާންކަން ގައުމުގައި ގައިމު ނުކުރެވުމަކީ އެ ޕާޓީއަށް ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި، އެ ޕ...

ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ރައީސްގެ އަރިހުގައި ގާސިމް އެދިވަޑައިގެންފި
News

ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ރައީސްގެ އަރިހުގައި ގާސިމް އެދިވަޑައިގެންފި

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލާގައި ރާއްޖޭގެ ކަނޑުން ގެއްލުނުބައި އަނބުރާ ހޯދަން ހަލުވި މަސައްކަތްތަކެއް ވިސްނުންތެރިކަމާއެކު ފައްޓަވައިދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި،  ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ. ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން 28 އޭޕްރީލް...

ސަރުކާރު ހިންގާ އިއްތިހާދުގެ މާލޭ މޭޔަރު ޓިކެޓް އާޒިމާއަށް
Raajje

ސަރުކާރު ހިންގާ އިއްތިހާދުގެ މާލޭ މޭޔަރު ޓިކެޓް އާޒިމާއަށް

މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ އިންތިހާބު (ބައި-އިލެކްޝަން)ގައި ސަރުކާރު ހިންގާ އިއްތިހާދު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއްގެ ގޮތުގައި، އެ އިއްތިހާދުގެ ޓިކެޓް  ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރަށް ލިބިއްޖެ އެވެ. އާޒިމާއަށް ސަރުކާރު ހިންގާ އިއްތިހާދުގެ ޓިކެޓް ކަށަވަރުވީ، މާލޭ މޭޔަރުގެ ބައި-އިލެކްޝަންގައި ޕީޕީއެމް/ޕީއެންސީ އިއްތިހާދު ތަމްސީލްކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު ހަމަވިއިރު، އެކަމަށް އާޒިމާ އެކަނި ކުރިމަތިލައްވާފައ...

ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ވެރިއަކަށް ކުރީ ސަރުކާރުގައި ވެސް އެ މަގާމު ހުރި މަރީ ހަމަޖައްސައިފި
Thiladhunmathi News

ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ވެރިއަކަށް ކުރީ ސަރުކާރުގައި ވެސް އެ މަގާމު ހުރި މަރީ ހަމަޖައްސައިފި

ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ވެރިއެއްގެ ގޮތުގައި، ކުރީ ސަރުކާރުގައި ވެސް އެ މަގާމު ހުންނެވި މަރިޔަމް ހަބީބު (މަރީ) ހަމަޖައްސައިފިއެވެ. މަރީ އަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ވެސް ނޮޅިވަރަމް ސިއްހީ މަރުކަޒަށް ޢައްޔަނުކުރައްވާފައި ހުންނެވި ސިޔާސީ ވެރިޔާއެވެ. ކުރީ ސަރުކާރުގައި މަރީ ހުންނެވީ ސީނިއާ އެޑްމިނިސްޓްރޭޓާ، ހެލްތު ސާވިސްގެ މަގާމުގައެވެ. ރައީސް ޞާލިޙްގެ ސަރުކާރު ނިމުމާއެކު މަރީ ޢައްޔަނުކޮށްފައިވާ މަޤާމުވެސް ނިމުމަކަށް އައިސްފައިވަނިކޮށް، މަރީ އަލުން ނޮޅިވަރަމް ސިއްހީ މަ...

ދިވެހި ފުޓްބޯޅަ ލެޖެންޑް ހުރާ އައްޔަ ބާއްވާ ފުޓްސަލް މުބާރާތް ފަށައިފި
Sports

ދިވެހި ފުޓްބޯޅަ ލެޖެންޑް ހުރާ އައްޔަ ބާއްވާ ފުޓްސަލް މުބާރާތް ފަށައިފި

ދިވެހި ފުޓްބޯޅަ ލެޖެންޑް، ރާއްޖޭގެ ގައުމީ ޓީމަށާއި، ފުރަތަމަ ޑިޥިޝަން ގިނަ ޓީމްތަކަކަށް ކުޅެފައިވާ މަޝްހޫރު ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ ޝިޙާމް (ހުރާ އައްޔަ) އިންތިޒާމްކޮށްގެން ފުޓްސަލް މުބާރާތް ރޭ ފަށައިފިއެވެ. އައްޔަގެ ރަށް، މާލެ އަތޮޅު ހުރާގައި ”ހުރާ އައްޔަ ފުޓްސަލް ފިއެސްޓާ” ގެ ނަމުގައި ކުރިއަށް ގެންދާ ފޯރިގަދަ މި ފުޓްސަލް މުބާރާތަކީ ހުރާގައި ފުޓްބޯޅަ މުބާރާތެއް ނުބާއްވާތާ ދިގު މުއްދަތެއް ފާއިތުވުމަށްފަހު ބާއްވާ މުބާރާތެކެވެ. އަދި މިއީ މި މުބާރާތް (ހުރާ […]

މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތައް ހިންގަން ބޯޑެއް
Raajje

މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތައް ހިންގަން ބޯޑެއް

މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތައް ހިންގުމަށް ބޯޑެއް އުފައްދައިފިއެވެ. “މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑު”ގެ ނަމުގައި މި ބޯޑު އުފައްދަވައި، މި ބޯޑަށް މެންބަރުން ހަމަޖެއްސެވިކަން ރައީސް އޮފީހުން ވަނީ މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތަކަށް އަންގާފައެވެ. ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑުގެ ޗެއާމަނަކީ ރާއްޖޭގެ އެތެރެ ހަށީގެ ޑޮކްޓަރު ޑރ. އަބްދުލް އަޒީޒް ޔޫސުފް އެވެ. ވައިސް ޗެއާމަނަކީ ހުސައިން ހަލީމް (ކުންނާރުގެ/ގދ.ގައްދޫ) އެވެ. ބޯޑަށް ހަމަޖައްސަވާފައިވާ ބޯޑުގައި...

ވިހެއުމަށްފަހު ކުނިގޮނޑަށް ކުއްޖާ އެއްލައިލި މަންމަ ޝަރީއަތް ނިމެންދެން ބަންދަށް
Raajje

ވިހެއުމަށްފަހު ކުނިގޮނޑަށް ކުއްޖާ އެއްލައިލި މަންމަ ޝަރީއަތް ނިމެންދެން ބަންދަށް

ވިހެއުމަށްފަހު ކޮތަޅަކަށް ލައި ކުނިގޮނޑަށް އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ މަންމަ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ. ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އިއްޔެ ފެނިފައި ވަނީ އދ. ދިގުރަށު ކުނި ގޮނޑުންނެވެ. އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ވަނީ ސްރީލަންކާގެ އުމުރުން 30 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައެވެ. އޭނާ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީޢަތް ނިމެންދެން ބަނދުގައި ބަހައްޓަން ކޯ...

މަޖިލީހަށް ވާދައެއް ނުކުރާނަން، ތާއީދު ކުރަނީ ޕީއެންސީ ކެންޑިޑޭޓަށް: ވައްޑޭ
Thiladhunmathi News

މަޖިލީހަށް ވާދައެއް ނުކުރާނަން، ތާއީދު ކުރަނީ ޕީއެންސީ ކެންޑިޑޭޓަށް: ވައްޑޭ

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި، މަޖިލީހުގެ އިންތިޚާބުގައި ތާއީދު ކުރާނީ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓަށް ކަމަށް ހދ. ހިރިމަރަދޫ ކައުންސިލް ރައީސް މުހައްމަދު ވަހީދު (ވައްޑޭ) މިއަދު ވިދާޅުވެއްޖެއެވެ. ވިދިވިދިގެން ހަތަރު ވަނަ ދައުރު ހިރިމަރަދޫ ރައީސްކަން ކުރައްވަމުންގެންދަވާ ވައްޑޭ މިހެން ވިދާޅުވީ، އޭނާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޓިކެޓްގައި ހ...

ޕީއެންސީގެ ޕީޖީ ލީޑަރަކަށް މޫސަ
Raajje

ޕީއެންސީގެ ޕީޖީ ލީޑަރަކަށް މޫސަ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް)ގެ ލީޑަރަކީ ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މޫސާ ސިރާޖުކަމަށް މިއަދު ޢިއުލާންކޮށްފިއެވެ. މިއަދު ކުރިއަށް ދާ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 25 ވަނަ ޖަލްސާ ފައްޓަވަމުން ރިޔާސަތުން މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ދުވަހުގެ އެޖެންޑާ އިއްވަވަމުން ރިޔާސަތުން ހުށަހަޅާކަންކަމުގެ ތެރެއިން ވަނީ ޕީއެންސީގެ ޕީޖީ ލީޑަރަކީ މޫސާ ސިރާޖުކަން އެ ޕާޓީން […]

ޑިމޮކްރެޓްސްގެ ފުރަތަމަ ރައީސަކަށް ހަސަން
Raajje

ޑިމޮކްރެޓްސްގެ ފުރަތަމަ ރައީސަކަށް ހަސަން

ދަ ޑިމޮކްރެޓިކްސްގެ ފުރަތަމަ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ފުރަތަމަ ރައީސްގެ މަގާމު އެ ޕާޓީގެ މުއައްސިސް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކާމިޔާބު ކުރައްވައިފިއެވެ. ހޮނިހިރު ދުވަހު އޮތް އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ ރައީސްކަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަން ވެސް ކުރެއްވި ހަސަން ކާމިޔާބު ކުރެއްވީ، އެސްޓީއޯގެ ކުރީގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދެވެ. އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާ އަށް ދިގު އިންތިޒާރެއް ކުރަންޖެހުނުއިރު، […]

މަޖިލީހުގެ ނައިބު ރައީސަކަށް ސައްލެ އިންތިޚާބުކޮށްފި
Parliament

މަޖިލީހުގެ ނައިބު ރައީސަކަށް ސައްލެ އިންތިޚާބުކޮށްފި

ރައްޔިތުންގެ މަޖިލިސްގެ ނައިބު ރައީސްގެ މަގާމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) މިރޭ އިންތިޚާބު ކޮށްފިއެވެ. މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ވެސް ހުންނެވި ސައްލެ، މަޖިލީހުގެ ނައިބު ރައީސް ކަމަށް އިންތިޚާބު ކުރީ މިރޭ 20:30 ގައި އެކަމަށް ފެށި މަޖިލީހުގެ ޖަލްސާގައެވެ. މިރޭގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސަކު އިންތިޚާބު ކުރަން ނަން ހުށަހަޅަން ރިޔާސަތުން ހުޅުވާލުމުން އެމްޑީޕީން ވަނީ ސައްލެގެ ނަން ހުށަހަޅާފައެވެ. ސައްލެގެ...

އައްޑޫގައި އިތުރު މާރާމާރީއެއް ހިނގައި މީހަކު ޒަޚަމްކޮށްލައިފި
Raajje

އައްޑޫގައި އިތުރު މާރާމާރީއެއް ހިނގައި މީހަކު ޒަޚަމްކޮށްލައިފި

އައްޑޫ ސިޓީގެ ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި އަނެއްކާވެސް މާރާމާރީއެއް ހިނގައިފިއެވެ. ފުލުހުން ބުނިގޮތުގައި މި މާރާމާރީ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 15:30 ހާއިރުއެވެ. މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން 20 އަހަރުގެ ޒުވާނަކު ވަނީ ޒަޚަމްވެފައެވެ. އެ މީހާ އަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ހުކުރު މިދިޔަ ހުކުރު ދުވަހުގެރޭ ވެސް […]

ވިހެއުމަށްފަހު ކުއްޖާ އެއްލައިލި މައްސަލާގައި ލަންކާ އަންހެނަކު ހައްޔަރުކޮށްފި
Raajje

ވިހެއުމަށްފަހު ކުއްޖާ އެއްލައިލި މައްސަލާގައި ލަންކާ އަންހެނަކު ހައްޔަރުކޮށްފި

އދ. ދިގުރަށު ކުނި ގޮނޑުން ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު މިއަދު ފެނިފައިވާއިރު، އެ މައްސަލައިގެ ތުހުމަތުގައި ސްރީލަންކާ އަންހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ސްރީލަންކާ އަންހެނަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ދިގުރަށުން މާލެ އައިސް، ސްރީލަންކާ އަށް ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައި ހުއްޓައެވެ. އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އ...

މަޖިލީހުގެ ނައިބަކަށް އެމްޑީޕީން ސައްލެ
News

މަޖިލީހުގެ ނައިބަކަށް އެމްޑީޕީން ސައްލެ

އެމްޑީޕީގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ)ގެ ނަން ހުށަހަޅަން އެ ޕާޓީގެ ޕީޖީ ގްރޫޕުން މިއަދު ފާސްކޮށްފިއެވެ. އެ މަގާމަށް ވާދަކުރެއްވުމަށް އެމްޑީީޕީގެ 3 މެންބަރަކު ކުރިމަތިލެއްވިއިރު، ޕީޖީން މިއަދު ނެގި ވޯޓު ސައްލެ ކާމިޔާބު ކުރެއްވީ 26 ވޯޓު ހޯއްދަވައިގެންނެވެ. ސައްލެ އާއި އެންމެ ގާތުން ވާދަކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް 23 ވޯޓު ލިބުނުއުރު، ދެން އެކަމަށް ކުރިމަތިލެއްވި […]