ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ވަގުތީގޮތުން ހިންގުން ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާ ހަވާލުކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ވަގުތީގޮތުން ހިންގުން ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ވަގުތީގޮތުން ހިންގަން ދިފާއީ ވަޒީރާއި ހަވާލުކުރެއްވީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ 23 ނޮވެމްބަރު 2023 ގައި ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އެ ވުޒާރާ ވަގުތީގޮތުން ހިންގަން ދިފާއީ ވަޒީރާއި ހަވާލުކުރީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ރަމީލާ އެނބުރި ރާއްޖެ ވަޑައިގަންނަވަންދެންނެވެ.
ވަޒީރު ޑރ. ރަމީލާ ވަނީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯދެއްވުމަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންވާކަން 29 ނޮވެމްބަރުގައި މީސް މީޑިއާ މެދުވެރިކޮށް ހާމަކުރައްވާފައެވެ.
އެކަން ހާމަކޮށް އެކަމަނާގެ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ކެންސަރު ބަލީގެ އާލަސްކަންފުޅެއްގައި އުޅުއްވާ ކަމަށާއި އެ ބަލި މިހާރު ހުރީ އެޑްވާންސް ސްޓޭޖުގައި ކަމަށެވެ. ނަމަވެސް އެކަމަނާ ތަހައްމަލު ކުރައްވަނީ ކެންސަރުގެ ކޮން ބާވަތެއް ކަން ހާމަ ކުރައްވާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!