މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ އިންތިހާބު (ބައި-އިލެކްޝަން)ގައި ސަރުކާރު ހިންގާ އިއްތިހާދު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއްގެ ގޮތުގައި، އެ އިއްތިހާދުގެ ޓިކެޓް ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރަށް ލިބިއްޖެ އެވެ.

އާޒިމާއަށް ސަރުކާރު ހިންގާ އިއްތިހާދުގެ ޓިކެޓް ކަށަވަރުވީ، މާލޭ މޭޔަރުގެ ބައި-އިލެކްޝަންގައި ޕީޕީއެމް/ޕީއެންސީ އިއްތިހާދު ތަމްސީލްކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު ހަމަވިއިރު، އެކަމަށް އާޒިމާ އެކަނި ކުރިމަތިލައްވާފައިވާތީއެވެ.

Ad
rt

މާލޭ މޭޔަރު ބައި-އިލެކްޝަންގެ ސަރުކާރު ހިންގާ އިއްތިހާދުގެ ޓިކެޓް އާޒިމާއަށް ކަށަވަރުވިއިރު، އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި މާލޭ މޭޔަރުކަމަށް ކުރިމަތިލާން ޓިކެޓް ލިބިފައި ވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އަށެވެ.

މާލޭގެ މޭޔަރު ކަމަށް މުއިއްޒު ބޭނުން ވަނީ އާޒިމާ ގެންނަން!

މީގެ އިތުރުން މާލޭގެ މޭޔަރު ކަމުގެ ގޮނޑި އަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވަނީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހެވެ.

ކުރީގެ ޕޮލިސް ކޮމީޝަނަރު ހުސެއިން ވަހީދު ވެސް މި ރޭހުގައި ވާދަކުރައްވާނެކަން ޢިއުލާން ކުރައްވާފައިވާއިރު، ހުސެއިން ވަހީދު ވާދަކުރެއްވުމަށް ހަމަޖެހިފައި ވަނީ މިހާރު އުފެއްދުމުގެ މަރުހަލާގައި އޮތް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޓިކެޓުގައެވެ.

މި ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ، އަންނަ ޖެނުއަރީ 13 ވަނަ ދުވަހުއެވެ.