މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތައް ހިންގުމަށް ބޯޑެއް އުފައްދައިފިއެވެ.

"މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑު"ގެ ނަމުގައި މި ބޯޑު އުފައްދަވައި، މި ބޯޑަށް މެންބަރުން ހަމަޖެއްސެވިކަން ރައީސް އޮފީހުން ވަނީ މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތަކަށް އަންގާފައެވެ.

Ad
rt

ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑުގެ ޗެއާމަނަކީ ރާއްޖޭގެ އެތެރެ ހަށީގެ ޑޮކްޓަރު ޑރ. އަބްދުލް އަޒީޒް ޔޫސުފް އެވެ. ވައިސް ޗެއާމަނަކީ ހުސައިން ހަލީމް (ކުންނާރުގެ/ގދ.ގައްދޫ) އެވެ.

ބޯޑަށް ހަމަޖައްސަވާފައިވާ ބޯޑުގައި ހިމެނޭ އިތުރު ބޭފުޅުން

  • ޑރ. އިބްރާހިމް ޔާސިރު އަހްމަދު، މއ. ވެނީލާގެ - ސިއްހީ ދާއިރާގެ ޑޮކްޓަރެއް
  • ނަޔާޒު އަހްމަދު، ޅ. ހިންނަވަރު، ނޯތުވޭ - ޕްރައިމަރީ ހެލްތު ކެއާގެ ދާއިރާ ތަޖުރިބާކާރެއް:
  • ޑރ. މަރިޔަމް ޖެނީފާ ސ. ފޭދޫ، އޭޑީރީޑް - ޕަބްލިކް ހެލްތު ދާއިރާގެ ތަޖުރިކާބާރެއް
  • ޝަރީފާ އާދަމް މަނިކު، ހ. އޮށްކަފަގެ - ސިއްހީ ދާއިރާގެ ފަންނީ ތަޖުރިބާކާރެއް
  • ފާތިމަތު އާފިޔާ ވަހީދު، ދަފްތަރު، 13524 - ނާސިންގެ ދާއިރާ
  • މޫސާ ކަލީމް ގާސިމް، އދ. މަހިބަދޫ، ރިހާޞު - ހުޅުމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް
  • އާލިމް ޝަކީލް، އއ. ފެރިދޫ، ސިޔާމާ މަންޒިލް - ވިލިމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް

މާލެ ސަރަހައްދުގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލްތަކަކީ، ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް އެވެ.