އިހި ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން ހޯދަނީ
އިހި ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ގެއްލިގެން ހޯދަމުން ދަނީ އުމުރުން 18 އަހަރުގެ ސ. މަރަދޫ/ކުރެދުމާގޭ، މުޙައްމަދު ނައީޝް އެވެ. އޭނާ އިހި ނަގަން މޫދަށް ފޭބީ އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް އިތުރު ދެ މީހުންނާއެކުގައިކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެނ...