ރައީސް ޑރ. މުހައްމަދު މުޢިއްޒު އިތުރު ތިން ޕާޓީއެއްގެ އިސް ވެރިންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ރައީސް ފުރަތަމަ ބައްދަލު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް އާއެވެ.

Ad
rt

އެއަށްފަހު މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް، މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދާއި ވަނީ ބައްދަލު ކުރައްވާފައެވެ.

ސިޔާމަށްފަހު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އާއި ވެސް ބައްދަލު ކުރެއްވިއެވެ. އެއަށްފަހު ދަ ޑިމޮކްރެޓްސްގެ ރައީސް އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް އާއި ވެސް ވަނީ ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުންތައް ކުރިއަށް ގެންދަވާފައި ވަނީ ވަކިވަކިން ރައީސް އޮފީހުގައެވެ.

ސިޔާސީ ހަތަރު ޕާޓީއެއްގެ އެންމެ އިސް ވެރިންނާއި ރައީސް ބައްދަލުކުރެއްވިކަން ފިޔަވައި އިތުރު މައުލޫމާތެއް ރައީސް އޮފީހުން ނުދެއެވެ.

މީގެ އިތުރުން އެ ޕާޓީތަކުން ވެސް މި ބައްދަލުވުންތަކާމެދު އަދި ވާހަކައެއް ނުދައްކައެވެ.