އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު، މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް ޢައުޠަމް (އިސްލާމީ މަރުކަޒު)ގައި މާދަމާ އިމާމްވެ ހުކުރުނާމު ކުރައްވާގޮތައް ހަމަޖެހިއްޖެއެވެ.
މާދަމާގެ ޚުޠުބާގެ މައުޟޫ އަކީ ''ކުޑަކުދިންނަށް އަޅައިލުމާއި އޯގާތެރިވުން'' އެވެ.
ޝަހީމް އަކީ ހުކުރު ކުރެއްވުމުގެ އިތުރުން ތަރާވީސް ކުރެއްވުމާއި، ދީނީ ޝިއާރުޢިއްވައި، އުނގަންނަވައި ދެއްވަން މެދުނުކެނޑި ދިގު މުއްދަތެއްގައި ޚިދުމަތުގައި ހުންނެވި ވަރަށް ރީތިކޮށް ޤުރުއާން ވިދާޅުވާ ދިވެހި އިސްލާމީ ޢިލްމްވެރިއެކެވެ.
ޝަހީމްގެ ދީނީ މަސައްކަތްޕުޅުގެ އިތުރުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއި ހަވާލުވެވަޑައިގެން އެ ވުޒާރާގެ މަސައްކަތްތައް ވެސް ގެންދަވަނީ ވަރަށް ބާރު ސްޕީޑްގައި ކުރައްވަމުންނެވެ.
އިސްލާމީ މަރުކަޒުގައި މާދަމާ އިމާމުވެ ޝަހީމް ހުކުރު ކުރައްވާއިރު މާލޭގެ ސަލްމާން މިސްކިތުގައި އިމާމްވެ ހުކުރު ކުރައްވާނީ އައްސައިޚް ހަސަން ތައުފީޤް އަބުދުއްރަޙްމާން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!