ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުން އޮތީ މިއަދު ރައީސް އޮފީހުގައެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގެ އިތުރު ތަފްސީލެއް އެ އޮފީހުން އަދި ނުދެއެވެ.

މި ބައްދަލުވުމާއިގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުވާލުމަށް ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަޒްލީން އަހްމަދު އަށް ގުޅާލުމުން އެ ބައްދަލުވުމާގުޅޭގޮތުން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ޤާސިމް ރައީސް އާއި ބައްދަލުކުރެއްވުމުގެ ކުރިން ރައީސްގެ ހާއްސަ މުޝީރު ޢަބުދުއްރަޙީމް ޢަބުދުﷲ އަދި ރައީސް އޮފީހުގެ ވަޒީރު ޢަލީ އާރިފް އާއި ވެސް ވަނީ ބައްދަލު ކުރައްވާފައެވެ.

ރައީސް އާއި ޤާސިމް ބައްދަލުކުރައްވާފައި މިވަނީ މަޖިލިސް އިންތިޚާބަށް ސަރުކާރު ކޯލިޝަނާއި ގުޅިގެން ޖޭޕީން މަސައްކަތްކުރުމަށް ދައުވަތު ފޮނުވައި، އޭގެ އެއް ބައްދަލުވުން ވެސް ކުރިއަށް ގޮސްފައި ވަނިކޮށެވެ.