ދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގެ ވަގުތީ ރޭ ޢިއުލާންކޮށްފިއެވެ.

މި ޕްރައިމަރީގައި ހަނިމާދޫ ދާއިރާގެ ޓިކެޓް ކާމިޔާބުކޮށްފައި ވަނީ މިހާރު ވެސް އެ ދާއިރާގެ މެންބަރަކަށް ހުންނެވި އަބުދުލް ޣަފޫރު މޫސާ (ގަޕޯ)އެވެ. އިއްޔެގެ ޕްރައިމަރީގައި ގަޕޯއަށް އެ ދާއިރާގެ ވޯޓުލީ މީހުންގެ 75 ވޯޓު (363 ވޯޓު) ލިބުނުއިރު، އޭނާ އާއި ވާދަކުރި އަލީ ސިނާނަށް ލިބުނީ 24 އިންސައްތަ (117 ވޯޓު) އެވެ.

Ad
rt

ބާރަށު ދާއިރާގެ ނަތީޖާ އަށް ބަލާއިރު އެ ދާއިރާގެ ޓިކެޓް ޢަލީ އަސްގަރަށް ލިބުނީ 65 އިންސައްތަ (209) ވޯޓުންނެވެ. އަސްގާރައި ވާދަކުރި މުހައްމަދު މުސިނަށް 34 އިންސައްތަ (109 ވޯޓު) ލިބުނެވެ.

ކޮމަންޑޫ ދާއިރާގެ ޓިކެޓް މުހައްމަދު ސިނާން ކާމިޔާބުކޮށްފައި ވަނީ 61 އިންސައްތަ (380) ވޯޓު ހޯދައިގެންނެވެ. ސިނާން އާއި ވާދަކުރި ގާނޫނީ ވަކީލު މުހައްމަދު ނިޝާނަށް 38 އިންސައްތަ (235 ވޯޓު) ލިބުނެވެ.

އިއްޔެ ޕްރައިމަރީ ބޭއްވި ބޮޑު ތިލަދުންމަތީގައި ހިމެނޭ ދާއިރާތަކުންކުރެ ކެލާ ދާއިރާގެ ޓިކެޓް އަހްމަދު ޣާލިބަށް ލިބިފައިވާއިރު، ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޓިކެޓް ލިބުނީ ކުރީގެ ވަޒީރު ޢަލީ ވަހީދަށެވެ. އަދި ނޮޅިވަރަމް ދާއިރާގެ ޓިކެޓް ލިބުނީ އެ ދާއިރާގެ އެމްޑީޕީގެ ދާއިރާ ރައީސް އަލީ އަބުދުއްރަޙްމާނަށެވެ.

ޕްރައިމަރީއަކަށް ނުގޮސް ކުރިން ޓިކެޓް ލިބުނު ބޮޑު ތިލަދުންމަތީގެ ދާއިރާތަކަށް ނިސްބަތްވާ ބޭފުޅުންނާއި ދާއިރާތައް

  • އަހްމަދު ސަލީމް (ސައްލެ) - ހޯރަފުށި ދާއިރާ
  • މުހައްމަދު އާރިފް - އިހަވަންދޫ ދާއިރާ
  • ހުސައިން ޒިޔާދު (ފިއްޓޭ) - ވައިކަރަދޫ ދާއިރާ
  • މުހައްމަދު ރާއީ - މަކުނުދޫ ދާއިރާ
  • އަލީ ރިޒާ - މިލަންދާ ދާއިރާ
  • މުހައްމަދު ޝާހިދު - ފުނަދޫ ދާއިރާ
  • ޔާސިރު އަބުދުއްލަތީފް - ކުޅުދުއްފުށީ އުތުރު ދާއިރާ
  • ޢަބުދުﷲ ވަޙީދު (ވައްޑޭ) - ދިއްދޫ ދާއިރާ

ދިކޮޅު އެމްޑީޕީގެ ޓިކެޓްގައި 20 ވަނަ މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިޔައީ އިއްޔެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ނަމަވެސް ބައެއް ދާއިރާތަކުގެ ވޯޓުުލުން ވަނީ ހެނދުނު 9:00 ގެ ކުރިން ފަށައިފަ އެވެ.

މި ޕްރައިމަރީގައި ޖުމުލަ 40 ދާއިރާއެއްގައި ބޭއްވިއިރު، ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަ ކުރިއެވެ. އަދި 25،325 މީހަކަށް މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނެވެ.

އެމްޑީޕީގެ ޕްރައިމަރީ އާއި ހަމައަށް ދިޔައިރު ޖުމްލަ 48 ދާއިރާއެއްގެ ޓިކެޓް އޮތީ ކަށަވަރުވެފައެވެ.

20 ވަނަ މަޖިލީހުގެ އިންތިޚާބު އޮންނާނީ އަންނަ މާރިޗް މަހުގެ 17 ވަނަ ދުވަހުއެވެ.