ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކޮށްފި

Mohamed Shifau

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ.

އެ މައްސަލަ ދިރާސާކުރަން އެކުލަވައިލި ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީން ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރީ މި މަހުގެ 7 ވަނަ ދުވަހުއެވެ. މަޖިލީހުގައި މިއަދު ވަނީ އެކޮމެޓީގެ ރިޓަށް ބަހުސްއަށް ހުޅުވާލައި، ވޯޓަށް އަހާފައެވެ.

އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު އެވެ.

މި ބިލުގެ މަސައްކަތަށް މަޖިލީހުން ނަގާފައިވާ ފަސް މެންބަރުންގެ ވަގުތީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މި އިސްލާޙް ހުށަހެޅި ގޮތަށް ރޯދަ މަސް ނިމި، 10 ދުވަސް ފަހުން އިންތިޚާބު ބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ފާސްކޮށްފައިވާއިރު، މިއަދު ތަޅުމުގައި ނެގި ވޯޓުގައި މި އިސްލާހް ފާސްކުރީ 46 މެންބަރުންގެ ވޯޓުންނެވެ.

އިންތިހާބު ފަސްކުރަން ނުފެންނަ ކަމަށް ތިން މެންބަރަކު ވޯޓު ދެއްވިއެވެ. އަދި މަޖިލީހުގައި ސަރުކާރު ތަމްސީލްކުރާ ގިނަ މެމްބަރުން މިގޮތައް ފާސްކުރަން ވޯޓު ދެއްވާފައެއް ނުވެއެވެ.

މިގޮތައް ފާސްކުރި ކުރިއިރު، އަންނަ މަޖިލީހުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމެޓީ، (އީސީ)އިން ތާވަލުކޮށްފައި ވަނީ އަންނަ މާރިޗް މަހުގެ 17 ވަނަ ދުވަހުއެވެ.

މި ބިލު ޤާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *