ވޯލްޑް ގަވަމަންޓްސް ސަމިޓަށް ރައީސް ދުބާއީ އަށް ވަޑައިގެންފި

GGFuM9rXYAAhwgN

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެކުވެރި އަރަބި އިމާރާތް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ދުބާއީ އަށް ވަޑައިގެންފިއެވެ.

ރައީސް ޔޫއޭއީގެ ދުބާއީ އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އޭޑީއެފްޑީ ގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ސައިފް އަލް ސުވައިދީ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޔޫއޭއީ ގެ ސަފީރު ޝެއިޚް ރަޙްމާ ބިން ޢަބްދުއްރަޙްމާން ބިން ރަޙްމާ އަލް ޝަމްސީ އެވެ.

ރައީސްގެ މި ދަތުރުފުޅަކީ ދުބާއީގައި ބާއްވާ ވޯލްޑް ގަވަމަންޓް ސަމިޓް 2024ގައި ބައިވެރިވެވަޑައިގަތުމަށް ފެއްޓެވި ދަތުރުފުޅެކެވެ.

މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އެ ޤައުމަށް ވަޑައިގެންދެއްވުން އެދި ރައީސް މުޢިއްޒު އަށް ދަޢުވަތު އަރުވާފައި ވަނީ  ޔޫއޭއީ ގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫއޭއީ ގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް ކަމަށް ރައީސް އޮފީހުން އިއްޔެ ވަނީ ބުނެފައެވެ.

ދުބާއީގައި މިމަހުގެ 12 އިން 14 އަށް ބާއްވާ މިއަހަރުގެ ވަރލްޑް ގަވަރމަންޓް ސަމިޓްގެ ތީމަކީ "ޝޭޕިންގ ފިއުޗަރ ގަވަރމަންޓްސް" އެވެ.

މި ސަމިޓްގައި ރައީސް މުޢިއްޒު ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެބްރުވަރީ 13 ވަނަ ދުވަހު ދުބާއީގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމުގައި ވެސް ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެން ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި