މަޖިލިސް 2024: އެމްޑީޕީ ކެންޑިޑޭޓުން ފޯމު ހުށަހަޅައިފި، 4 ދާއިރާ އަކަށް ވާދައެއް ނުކުރޭ!

IMG_4581

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން 20 ވަނަ މަޖިލީހުގައި ވާދަކުރާ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ފޯމު ހުށަހަޅަން އީސީ އަށް މިއަދު ދިޔައިރު، އެ ޕާޓީ ލީޑާޝިޕްގެ ބޭފުޅުން ވެސް އެކުގައި ދިޔައެވެ.

20 ވަނަ މަޖިލީހަށް 93 ދާއިރާ އަކަށް 93 މެންބަރުން އިންތިޚާބު ކުރާއިރު އެމްޑީޕީން 89 ދާއިރާއަކަށް ވެސް ކުރިމަތިލައެވެ.

އެނގިފައިވާ ގޮތުގައި ވ. ފެލިދޫ ދާއިރާ، ތ. ގުރައިދޫ ދާއިރާ، ފ. ނިލަންދޫ ދާއިރާ އަދި ފުވައްމުލައް އުތުރު ދާއިރާ އަށް އެ ޕާޓީން ވާދައެއް ނުކުރެއެވެ.

މި އިންތިޚާބު ބާއްވަން އީސީން ތާވަލުކޮށްފައި ވަނީ އަންނަ މާރިޗް މަހުގެ 17 ވަނަ ދުވަހުއެވެ.

ނަމަވެސް، މަޖިލީހުން އިއްޔެ ވަނީ ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން އިންތިޚާބާބެހޭ ޤާނޫނަށް އިސްލާޙް ގެނެސްފައެވެ. މި އިސްލާހަށް ޢަމަލުކުރަން ފަށާނީ ރައީސް އެ ބިލް ތަސްދީގުކުރެއްވުމުންނެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *