އިމާމުންނާ ޚަޠީބުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ފުރަތަަމަ ބުރު 77 އިމާމުންނާއެކު ފަށައިފި

photo_2024-02-12_07-41-29

އިމާމުންނާ ޚަޠީބުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ އިފްތިތާޙްކޮށް އެ މަޝްރޫޢުގެ ފުރަތަަމަ ބުރު 77 އިމާމުންނާއެކު އިއްޔެ ފަށައިފިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިމާމުންނާ ޚަޠީބުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢު 2024 ވަނީ ފަށާފައެވެ.

އިމާމުންނާ ޚަޠީބުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢު 2024 އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައި ވަނީ ގއ. ގެމަނަފުށީ ގައެވެ.

މިމަޝްރޫޢުގެ ފުރަތަމަ ބުރުގައި 77 އިމާމުން ބައިވެރިވެފައިވާއިރު، މި ބުރުގައި ތަފާތު ސެޝަންތައް އިމާމުންނާއެކު ކުރިއަށް ދާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

''އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ޢަމާޒަކީ 2024 ވަނަ އަހަރު ނިމޭއިރު މުޅި ރާއްޖޭގެ އިމާމުން މިމަޝްރޫޢުގެ ދަށުން ތާޒާކޮށް ނިންމުން.'' އެ ވުޒާރާއިން ބުނެފަވެއެވެ.

މީގެ އިތުރުންވެސް އިމާމުންނަށް ތަރުބިއްޔަތާއި ތަމްރީނު ދިނުމުގެ ތަފާތު ކަންކަން ކުރަމުންދާނެ ކަމަށާއި، މިމަހު މައްކާއަށް ވެސް ތަރުބަވީ ޕްރޮގްރާމެއްގައި އިމާމުންގެ ޓީމެއް ފުރުމަށް ވަނީ ހަމަޖެހިކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި