ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށް ގަވާއިދު އިސްލާހުކޮށްފި
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް މުސާރަ ދޭންޖެހޭނީ ބޭންކް އެކައުންޓަކަށް ކަމަށް ލާޒިމްކޮށް، “ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވައިދު” ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިސްލާހުކޮށްފިއެވެ. އެ މިނިސްޓްރީން އާންމުކުރި ގަވާއިދަށް ގެނެވުނު އިސްލާހުގައިވާ ގޮތުން، ބިދޭސީންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި...