ހދ. ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ "ޑަބްލިއުޑީސީ ނެޓްބޯޅަ ޗެލެންޖް 2026'' ގެ ޗެމްޕިއަންކަން ''ފައިވް'' ހޯދައިފިއެވެ.
އާދީއްތަ ދުވަހު ކުޅުނު ފައިނަލްގައި ''ފައިވް'' ޗެމްޕިއަންކަން ހޯދީ ފައިނަލްގައި "ކޭވައިއާރްސީ ޖޫނިއާސް"ގެ މައްޗަށް 22-29 އިން ކުރި ހޯދައިގެންނެވެ.
ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ޝަރަފްވެރިކޮށްދެއްވި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޅި މުބާރާތުގެ ކްއީން އޮފް ދަ ޓޯނަމަންޓްގެ މަގާމު ހޯދި ''ފައިވް''ގެ ސާދުނާ އިބްރާހީމެވެ.
ކުޅުދުއްފުށީ ޑަބްލިޔުޑީސީ ނެޓްބޯލް ޗެލެންޖްގެ ޗެމްޕިއަން ޓީމު ފައިވް އަށް މޭޔަރު އާތިފް ޗެމްޕިއަން ޓްރޮފީ ހަވާލުކޮށްދެއްވަނީ، ފޮޓޯ: ކުޅުދުއްފުށީ ޑަބްލިޔުޑީސީ
މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވިފައި ވަނީ
- ސާދުނާ އިބްރާހިމް، ފައިވް
- މިންނާ ހަސަން، ފައިވް
- އައިމިނަތު ލައުޒާ، ފައިވް
- ސަމާ އަބުދުއްސައްތާރު، ފައިވް
- ފާތިމަތު ޝައިހާ އަސްލަމް، ކޭވައިއާރްސީ ޖޫނިއާސް
- އަރޫމާ އިބްރާހިމް ހަސަން، ކޭވައިއާރްސީ ޖޫނިއާސް
- ލަމްޔާ ޢަބުދުﷲ، ކޭވައިއާރްސީ ޖޫނިއާސް
ކުޅުދުއްފުށީ ޑަބްލިޔުޑީސީ ނެޓްބޯލް ޗެލެންޖްގެ އެންމެ މޮޅު ހަތް ކުޅުންތެރިން، ފޮޓޯ: ކުޅުދުއްފުށީ ޑަބްލިޔުޑީސީ
މި މުބާރާތުގެ މޮސްޓް ޕްރޮމައިސިން ޕްލޭޔަރަކަށް ހޮވުނީ ކޭވައިއާރްސީ ޖޫނިއާސްގެ އަޔާނާ އ. ރަޝީދު އަހްމަދެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނީ އަފީފުއްދީން ސްކޫލެވެ.
ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ބައިވެރިވަނީ އަށް ޓީމެވެ. އެ ޓީމް ތަކަކީ، ފައިވް، ކޭ.ވައި.އާރް.ސީ، ކޭ.ވައި.އާރް.ސީ ޖޫނީއަރސް، ޔުނިކް ފްރެންޑްސް، ކޭ.އީ.ޑީ، ޓީމް ފްލެމިންގޯ، ކޭ.ސީ.ސީ.އާރް.ސީ އަދި އަފީފުއްދީން ސްކޫލެވެ.
ކުޅުދުއްފުށީ ޑަބްލިޔުޑީސީ ނެޓްބޯލް ޗެލެންޖްގެ ކްއީން އޮފް ދަ ޓޯނަމަންޓްގެ މަގާމު ހޯދި ސާދުނާ، ފޮޓޯ: ކުޅުދުއްފުށީ ޑަބްލިޔުޑީސީ
ކުޅުދުއްފުށީ ޑަބްލިޔުޑީސީގެ ނެޓްބޯލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާ އާއި ޓްރޮފީ އަދި މެޑެލް ވަނީ ދީފައެވެ. އަދި އެހެން ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ވެސް މެޑަލްއާއި ޓްރޮފީ ވަނީ ދީފައެވެ.
ކުޅުދުއްފުށީ ޑަބްލިޔުޑީސީ ނެޓްބޯލް ޗެލެންޖްގެ ރަނަރަޕް ކޭވައިއާރްސީ ޖޫނިއާސް، ފޮޓޯ: ކުޅުދުއްފުށީ ޑަބްލިޔުޑީސީ
މި މުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީ ސިޓީގައި ނެޓްބޯޅަ ކުރިއަރުވައި، ކުޅުންތެރިންނަށް އެ ކުޅިވަރު ކުޅުމުގެ ފުރުސަތު ހޯދައިދީ، ކުޅިވަރުގެ ރޫހާއެއްގޮތަށް ނެޓްބޯޅަ ކުރިއަށް ގެންދިޔުމާއި، ކުޅުންތެރިންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކޮށް ކުޅުދުއްފުށީ ސިޓީގެ ޒުވާނުންނަކީ ދުޅަހެޔޮ ބަޔަކަށް ހެދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!