މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,461 Stories
3,863 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

''ހިޔާވެހި ފައިނޭންސް ޕްރޮގްރާމް'' އިފްތިތާހްކޮށްފި
Raajje

''ހިޔާވެހި ފައިނޭންސް ޕްރޮގްރާމް'' އިފްތިތާހްކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، އިމާރާތް ކުރުމަށް ލުއިލޯނު ލިބޭ ސްކީމް، ”ހިޔާވެހި ފައިނޭންސް ޕްރޮގްރާމް” މިއަދު އިފްތިތާޙްކޮށްފިއެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް އަމާޒުކޮށްގެން ތަޢާރަފުކުރެވުނު ޕްރޮގްރާމެކެވެ. މިކަމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ހިޔާވެހި ފައިނޭންސް ޕްރޮގްރާމްގެ ދަށުން މާލެ ސަރަޙައްދު، އަރބަން ސެންޓަރުތައް އަދި ވަކިވަ...

ނައިބު ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެންފި
Raajje

ނައިބު ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެންފި

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ކުޅުދުއްފުށި ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެ ސިޓީއަށް ވަޑައިގަންނަވައިފިއެވެ. ނައިބު ރައީސް ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެންނެވުމުން އެއާޕޯޓުން މަރުޙަބާ ދެންނެވީ އެ ސިޓީގެ މޭޔަރު މުޙައްމަދު އާތިފެވެ. މީގެ އިތުރުން އެ ސިޓީގެ އެކި މުއައްސަސާތަކުގެ ވެރިންނާއި، މުވައްޒަފުންނާއި އަދި އާންމުން ވެސް ވަނީ ނައިބު ރައީސަށް މަރުޙަބާ ދެންނެވުމަށް އެއާޕޯޓަށް ގޮސްފައެވެ. ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި ނައިބުގެ މި ދަތުރުފުޅުގައި “ހަ...

ޕާޓީއަށް ލިބޭ ފައިސާ ބަހަމުން އައީ ވެރިމީހާ ބޭނުންވާ ގޮތަށް، އައު އިސްލާޙުން އެކަން ހައްލުވާނެ: ލަތީފް
Parliament

ޕާޓީއަށް ލިބޭ ފައިސާ ބަހަމުން އައީ ވެރިމީހާ ބޭނުންވާ ގޮތަށް، އައު އިސްލާޙުން އެކަން ހައްލުވާނެ: ލަތީފް

ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާ މިއަދާއި ހަމައަށް ބޭނުން ކުރަމުން އައީ ޕާޓީގެ އިސް މީހާ ބޭނުންވާހާ ގޮތަކަށް ކަމަށާއި، ސަރުކާރުގެ ފަރާތުން އޭނާ ހުށަހަޅުއްވާފައިވާ ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ސަބަބުން އެކަން ހައްލުވާނެކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ. މި ބިލު މިއަދު މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅުއްވަމުން ލަތީފް ވިދާޅުވީ، މި ބިލު ހުށަހެޅުއްވީ ފޮނި އުންމީދެއްގައި އިސްލާޙީ ބަދަލުތަކެއް ގެންނައުމުގެ ބޭނުމުގައި ކަމަށެވެ....

''ސީއެޗްއެސްއީ-މާލެ'' ރަސްމީކޮށް ހުޅުވައިފި
Raajje

''ސީއެޗްއެސްއީ-މާލެ'' ރަސްމީކޮށް ހުޅުވައިފި

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) – މާލެ، މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ. މާލޭގައި ހިންގަމުން އައި ސީއެޗްއެސްއީ އިމާރާތް ބާވުމުގެ ސަބަބުން އެ އިމާރާތުގައި ކިޔެވުން މެދުކަނޑާލުމަށްފަހު ސަރުކާރުން ވަނީ އެ އިމާރާތުގެ އާބާތުރަ ފިލުވާފައެވެ. އެ މަސައްކަތަށްފަހު މިރޭ ރަސްމީކޮށް އެތަން ހުޅުއްވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މިކަމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި، ސީ.އެޗް.އެސް.އީ.ގެ އެހާރާއި މިހާރުގެ ހަނދާނީ ރަމްޒެއް ވަނީ ރައީސަށް އަރުވާފައެވެ. ސީއެޗްއެސްއީ މާލޭގައި...

ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީ އަށް ލިބުނު ފައިސާގެ 90% ވަގަށް ކައިފައި: ފަލާހް
News

ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީ އަށް ލިބުނު ފައިސާގެ 90% ވަގަށް ކައިފައި: ފަލާހް

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ވަނީ ޕީޕީއެމް އާއި ޕީއެންސީ އަށް ލިބުނު ފައިސާގެ 90% ވަގަށް ނަގައިގެން ކައިފައިކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ތުހުމަތު ކުރަށްވައިފިއެވެ. ފަލާހް މި ތުހުމަތު ކުރެއްވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިލެކްޝަން ކޮމިޝަންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙްގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ފަލާޙް ވިދާޅުވީ، ޕީޕީއެމްއަށް ދައުލަތުގެ ބަޖެޓުން...

ދިވެހި ސިފައިންގެ ކަނޑުގެ ފައުޖަށް ޚާއްޞަ ޔުނިޓެއް
News

ދިވެހި ސިފައިންގެ ކަނޑުގެ ފައުޖަށް ޚާއްޞަ ޔުނިޓެއް

ދިވެހިރާއްޖޭގެ ކަނޑުގެ ސަލާމަތީ ފައުޖެއްގެ ގޮތުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޚާއްޞަ ޔުނިޓެއް އިއްޔެ އިފްތިތާޙްކޮށްފިއެވެ. މިގޮތުން އެމްއެންޑީއެފް ކޯސްޓްގާޑްގެ އެލީޓް ޔުނިޓް، ސްޕެޝަލް ބޯޓް ސްކޮޑްރަން (އެސްބީއެސް) އިފުތިތާހު ކޮށްދެއްވީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އިއްޔެ ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްޞަ ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒެވެ. އެސްބީއެސް އަކީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ތެރޭގައި ޚާއްޞަ ތ...

އެންމެ މުހިންމު ވާންޖެހޭނީ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމު އިސްކުރުންކަން: ރައީސް
Raajje

އެންމެ މުހިންމު ވާންޖެހޭނީ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމު އިސްކުރުންކަން: ރައީސް

އެންމެ މުހިންމު ވާންޖެހޭނީ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމު އިސްކުރުންކަންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ބަވަނަވެފައި މިއޮތް ދުނިޔޭގައި، އަޅުގަނޑުމެންގެ ލޯތައް ހުޅުވެން ޖެހޭކަން ފާހަގަކުރަށްވައި މިހާރު ޤައުމެއްގެ މިނިވަންކަން ނަގައިލުމަކީ، ކޮންމެހެން އަބަދުވެސް، ކުރީ ޒަމާނުގައި އެ ހިނގިގޮތަކަށް ހިނގާނެ ކަމެއް ނ...

އަސްކަރިއްޔާއާއި ފުލުހުންގެ ޚިދުމަތަށް އޮފިސަރުން ރެކްރޫޓުކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފަށަނީ
Raajje

އަސްކަރިއްޔާއާއި ފުލުހުންގެ ޚިދުމަތަށް އޮފިސަރުން ރެކްރޫޓުކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފަށަނީ

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ ނަމުގައި ދިވެހި ޢަސްކަރިއްޔާއާއި ފުލުހުންގެ ޚިދުމަތަށް އޮފިސަރުން ރެކްރޫޓުކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފައްޓަވަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވިގޮތުގައި މި ޕްރޮގްރާމް ކުރިއަށް އޮތް 2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދަން ވަނީ ނިންމަވާފައެވެ. މިގޮތުން ސ...

"ޝަހީދުންގެ ހިޔާ" 50 ހައުސިން ޔުނިޓުއަޅައި މިދައުރުގައި ޢާއިލާތަކާއި ހަވާލުކުރެވޭނެ: ރައީސް
Raajje

"ޝަހީދުންގެ ހިޔާ" 50 ހައުސިން ޔުނިޓުއަޅައި މިދައުރުގައި ޢާއިލާތަކާއި ހަވާލުކުރެވޭނެ: ރައީސް

“ޝަހީދުންގެ ހިޔާ”ގެ ނަމުގައި 50 ހައުސިން ޔުނިޓުއަޅައި މިދައުރުގައި ޢާއިލާތަކާއި ހަވާލުކުރެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވަމުންނެވެ. މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ، ވޭތުވެދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި 29 ސިފައިންނާއި، 2 ފުލުހުންނާއި ޢާއްމުންގެ 11 މީހުން، ޤައުމީ ޚިދުމަތާ ގުޅުންހުރި އެކި ޙާލަތްތަކުގައި ދިމާވި ޙާދިސާތަކުގައި މި ދުނިޔެ ދޫކޮށްފައިވާކަމ...

އެމްޑީޕީން ބުނާ ގޮތައް ބަޖެޓު ހަދައިގެން ދެ މަސްތެރޭ ގައުމު ބަނގުރޫޓް ވާނެ: ޝުޖާޢު
Raajje

އެމްޑީޕީން ބުނާ ގޮތައް ބަޖެޓު ހަދައިގެން ދެ މަސްތެރޭ ގައުމު ބަނގުރޫޓް ވާނެ: ޝުޖާޢު

އެމްޑީޕީން ބުނާ ގޮތައް ބަޖެޓު ހަދައިގެން ދެ މަސްތެރޭ ގައުމު ބަނގުރޫޓް ވާނެކަމަށް މަޖިލިހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ކައުންސިލްތަކަށް ކަނޑައަޅާފައިވާ ގްރާންޓް ކުޑަކޮށްފައިވާކަމަށް ބުނެ އެމްޑީޕީން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނަށް ރައްދުދީ ޝުޖާޢު ވިދާޅުވީ އެމްޑީޕީން ބުނާ ގޮތައް ބަޖެޓު ހަދައިގެން ދެ މަސްތެރޭ ގައުމު ބަނގުރޫޓް ވާނެކަމަށެވެ. އަދި އެމްޑީޕީގެ އަންދާޒާ ދެއްކިގޮތުން މިހިނގާ މާރޗް މަހު...

ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ދަނީ ''ކަތީބު ނިޒާމު'' ބޭއްވުމަށް ވަކާލާތު ކުރަމުން: އެމްޑީޕީ
Raajje

ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ދަނީ ''ކަތީބު ނިޒާމު'' ބޭއްވުމަށް ވަކާލާތު ކުރަމުން: އެމްޑީޕީ

އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިމަނާފައިވާ ފައިސާ މަދުކަމަށާއި، މި ދަނޑިވަޅަކީ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ރާއްޖޭގައި އަލުން ”ކަތީބު ނިޒާމު” ބޭއްވުމަށް ފާޅުގައި ވަކާލާތު ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އެމްޑީޕީން މިހެން ބުނެފައި ވަނީ އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިމަނާފައިވާ ފައިސާ މަދުކަމަށާއި، އެ ފައިސާ އިތުރުކޮށްދިނުމަށް ގޮވާލާކަމަށ...

މޫސާ ޢަލީ ޖަލީލަށް ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް އަރުވައިފި
Raajje

މޫސާ ޢަލީ ޖަލީލަށް ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް އަރުވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް މިރޭ އަރުވައިފިއެވެ. މި ޢިއްޒަތް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވީ މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް މި ޢިއްޒަތް، އެރުވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޢަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު […]

ނަސްރު ލިބުނީ މާތްﷲ ގެ ހަޟްރަތުން، އީމާންތެރިކަން ވަރުގަދަ ކުރަންޖެހޭ: މައުމޫން
Raajje

ނަސްރު ލިބުނީ މާތްﷲ ގެ ހަޟްރަތުން، އީމާންތެރިކަން ވަރުގަދަ ކުރަންޖެހޭ: މައުމޫން

3 ނޮވެމްބަރު 1988 ގައި ރާއްޖެ އަށް ކުރިމަތިވި ނުރައްކާތެރި އުދުވާނުގައި ރާއްޖެ އަށް ނަސްރު ލިބުނީ މާތް ﷲ ގެ ހަޟްރަތުން ކަމަށާއި، އެހެންކަމުން އަމިއްލަ ސަލާމަތަށްޓަކައި ވެސް އީމާންތެރިކަން ވަރުގަދަ ކުރަންޖެހޭކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރުން މިރޭ ބޭއްވި މިއަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދަައްކަވަމުންނެވެ. ރާއްޖޭގައި ނަޞްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހު ދިވެހިނ...

ޑްރަގް އެތެރެކުރިކަމަށް ތުހުމަތުވާ ދެ ދިވެހިންނާއި، ބިދޭސީއަކު ހައްޔަރުކޮށްފި
Raajje

ޑްރަގް އެތެރެކުރިކަމަށް ތުހުމަތުވާ ދެ ދިވެހިންނާއި، ބިދޭސީއަކު ހައްޔަރުކޮށްފި

ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެ ދިވެހިންނާއި، ބިދޭސީއެެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނީ، މި މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ ދިވެހިންނަކީ، އަަޙްމަދު ނަޞީރު (45އ) ހއ. ދިއްދޫ / ފާގަތިގެ އަދި ޢަލީ އައިހަމް (18އ) ގއ. ކަނޑުހުޅުދޫ / ނެސްޓް ކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި ދެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެކެވެ. އެއީ ރޮހަމާން (29އ) އެވެ. މި ތިން މީހުންގެ ތެރެއިން، އަަޙްމަދު ނަޞީރު […]

ރައީސް ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވައިދެއްވައިފި
Raajje

ރައީސް ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވައިދެއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ހުޅުވައިދެއްވައިފިއެވެ. އެކަމަށްޓަކައި މިއަދު ހެނދުނު ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި މައުރަޒު ހުޅުއްވާދެއްވުމަށްފަހު އެމަނިކުފާނު ވަނީ މި މައުރަޒު ބައްލަވާލައްވާފައެވެ. ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024އިން ދައްކުވައިދެނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެދުވަހު ނަޞްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރެވެ....