އެމްޑީޕީން ބުނާ ގޮތައް ބަޖެޓު ހަދައިގެން ދެ މަސްތެރޭ ގައުމު ބަނގުރޫޓް ވާނެކަމަށް މަޖިލިހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ކައުންސިލްތަކަށް ކަނޑައަޅާފައިވާ ގްރާންޓް ކުޑަކޮށްފައިވާކަމަށް ބުނެ އެމްޑީޕީން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.

Ad
rt

އެ ބަޔާނަށް ރައްދުދީ ޝުޖާޢު ވިދާޅުވީ އެމްޑީޕީން ބުނާ ގޮތައް ބަޖެޓު ހަދައިގެން ދެ މަސްތެރޭ ގައުމު ބަނގުރޫޓް ވާނެކަމަށެވެ. އަދި އެމްޑީޕީގެ އަންދާޒާ ދެއްކިގޮތުން މިހިނގާ މާރޗް މަހު މިޤައުމު ބަނގުރޫޓުވާކަމަށް ޝުޖާޢު ވިދާޅުވެފަވެއެވެ.

''ރައީސް ޑރ. މުޢިއްޒުގެ ވިސްނުންތެރި ފިޔަވަޅުތަކުގެ ސަބަބުން ޤައުމު ސަލާމަތް ކުރެވުނީ! މިކަންވެސް މިމީހުންނަށް އެނގޭ'' ޝުޖާޢު ވިދާޅުވެފަވެއެވެ.

ޝުޖާއު ވިދާޅުވީ، އެމްޑީޕީ އަކީ މިސްކިތެއް އަޅަން 1 ލައްކަ ރުފިޔާ ބަޖެޓުގަ ޖެހި މީހުން ކަމަށެވެ. ކައުންސިލް ތަކުގެ ބަޖެޓު ކުޑަ ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައި ކަމަށާއި، އެމްޑީޕީން ސަރުކާރަށް ބަޖެޓު ހުށައަޅަންވީ ގޮތް ކިޔާދޭން އުޅޭނެކަމެއް ނެތްކަމަށް ޝުޖާޢު ވިދާޅުވެފަވެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ކައުންސިލްތަކަށް ކަނޑައަޅާފައިވާ ގްރާންޓް ކުޑަކޮށްފައިވާކަމަށާއި، އެ އަދަދު ބޮޑުކޮށް އަލުން މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ގޮވާލާފަވެއެވެ.

ކުރިއަށް އޮތް އަހަރުގެ ބަޖެޓް ފާސްވާއިރުގައި ޤާނޫނުގައި އޮތް ގޮތަށް ބްލޮކް ގްރާންޓުގެ 5 އިންސައްތަ ކައުންސިލްތަކަށް ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.