މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,460 Stories
3,779 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އިޒްޔާން ފެނިއްޖެ، ހާލު ރަނގަޅު
Raajje

އިޒްޔާން ފެނިއްޖެ، ހާލު ރަނގަޅު

ފުވައްމުލަކު ސިޓީން ގެއްލިގެން ހޯދަމުން ދިޔަ ހަތަރު އަހަރުގެ އިޒްޔާން ހުޝާމް ފެނިއްޖެއެވެ. އިޒްޔާން ފެނިފައިވާ ކަމަށާއި، ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ. އިޒްޔާން ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓްކުރީ ހަވީރު 17:00 ހާއިރުއެވެ. ފުވައްމުލަކުން ހަތަރު އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ އިޒްޔާން ހޯދުމުގައި ފުލުހުންނާއި ކައުންސިލާއި މުވައްސަސާތަކާއި ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ފުވައްމުލަކުން ހަތަރު އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ
Raajje

ފުވައްމުލަކުން ހަތަރު އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ

ފުވައްމުލަކު ސިޓީން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން އަންނަނީ ހަތަރު އަހަރުގެ އިޒްޔާން ހުޝާމް އެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ އިޒްޔާން ހޯދުމުގައި ބައިވެރިވުމަށް ވީހާވެސް ގިނަ ރައްޔިތުން ދިގުވާނޑު ފްލެޓް ސަރަހައްދަށް ގޮސް ދިނުމަށް އެދިފައެވެ. އެކުއްޖާގެ ފެނުނު މީހަކު ނަމަ 9100872 ނުވަތަ 9884426 އަށް ގުޅައިދިނުމަށް އާއިލާއިން އެދެއެވެ.

4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފްތާގައި އާންމު ކުރަނީ
Raajje

4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފްތާގައި އާންމު ކުރަނީ

“ގެދޮރުވެރިޔާ” ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން 4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފްތާގައި އާންމުކުރާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު ވިދާޅުވީ، އެ ފްލެޓްތަކަށް ހުށައަޅާފައިވާ ފޯމްތައް އަލުން އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް ކުރަށްވަމުން ގެންދަވާ ކަމަށެވެ. އެ މ...

ލ.އަތޮޅުގައި ރިސޯޓަކާއި ޓްރެއިނިން ސްކޫލެއް
Raajje

ލ.އަތޮޅުގައި ރިސޯޓަކާއި ޓްރެއިނިން ސްކޫލެއް

ލ. ހުޅިމެންދޫގައި ރިސޯޓަކާއި ޓްރެއިނިން ސްކޫލެއް އަޅަން އިއްޔެ ހަވާލުކޮށްފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިކަން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެވެ. އެމްއެންޔޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު އިބްރާހިމް ފައިސަލް އެވެ. އެމްއެންޔޫއިން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒް އެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ ހުޅިމެންދޫގައި ތަރައްގީ ކ...

ހުޅުމާލޭ ފަޅުތެރޭ ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ
Raajje

ހުޅުމާލޭ ފަޅުތެރޭ ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭ ފަޅުތެރޭގައި ލޯންޗަކާއި މަސް ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މިރޭ މިރޭ 19:36 ގައި ހިނގި މި ހާދިސާއާ ގުޅިގެން މެރިން ޕޮލިސް އިން ހަރަކާތްތެރިވެފައިވާއިރު، މި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވެއެވެ. މެރިން ޕޮލިސްއިން މަޢުލޫމާތު ދިން ގޮތުގައި، އަނިޔާވި ދެ މީހުން ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެކްސިޑެންޓުގައި ޖެހުނު މަސް ލޯންޗް ވަނީ އަޑިއަށް ގޮސްފައެވެ. މި އެކްސިޑެންޓާ ގުޅޭ މައްސަލަ މެރިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުން އަންނަކަމަށް...

ބަންކަރިން ހިދުމަތަށް ހުއްޓުމެއް ނާދޭ: ސިމާދު
Raajje

ބަންކަރިން ހިދުމަތަށް ހުއްޓުމެއް ނާދޭ: ސިމާދު

ރާއްޖޭގައި ފެށި އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، ބަންކަރިން ޚިދުމަތް ނުހުއްޓި ކުރިއަށްދާކަމަށް އެ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ. ބަންކަރިން ޚިދުމަތް އިފްތިތާޙްކޮށްފައި ވަނީ 19 ސެޕްޓެމްބަރު 2024 ގައި ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ”ބަންކަރިންގެ ހިދުމަތަށް މިވީ ކިހިނެއް؟ ދެ ބޯޓު އޮތީ މާލޭ ސަރަހައްދުގައި” ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރަކާއި ގ...

މީހަކު ރަހީނުކުރި މައްސަލާގައި ތުހުމަތުވާ މީހުންގެ ވަނަވަރު އާންމުކޮށްފި
Raajje

މީހަކު ރަހީނުކުރި މައްސަލާގައި ތުހުމަތުވާ މީހުންގެ ވަނަވަރު އާންމުކޮށްފި

ހިޔާ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކުރި މައްސަލާގައި ތުހުމަތުވާ 12 މީހުންގެ ވަނަވަރު މިއަދު އާންމުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ހިޔާ ފްލެޓް އެޕާޓްމަންޓެއްގައި މީހަކު ރަހީނުކުރި މައްސަލާގައި ތުހުމަތުކުރެވިގެން ހައްޔަރުކޮށްފައިވާ 12 މީހުންގެ ތެރެއިން 3 މީހަކު 5 ދުވަހަށް އަދި 9 މީހަކު 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. 5 ދުވަހަށް ބަންދުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ: 1. އަލްމާން ޢަލީ ޚާލިދު (22 އަހަރު)، ގދ. ވާދޫ […]

ތައުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ޒާހިރު ޙުސައިނަށް އަރުވަނީ
Raajje

ތައުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ޒާހިރު ޙުސައިނަށް އަރުވަނީ

ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. ޑރ. މުޙައްމަދު ޒާހިރު ޙުސައިން މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ޗާންސެލަރ ކަމުގެ މަގާމުގައެވެ. ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް މި ޝަރަފު އެރުވުމަށް ރަސް ނިންމެވީ، ދިވެހިރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި، ރާއްޖޭގައި ތަޢުލީމު ފުޅާކުރެއްވުމަށާއި، ތަޢުލީމީ ރޮނގުން...

''ހިޔާވެހި ފައިނޭންސް'' ލޯނަށް ކުރިމަތިލުމަށް ހުޅުވާލައިފި
Raajje

''ހިޔާވެހި ފައިނޭންސް'' ލޯނަށް ކުރިމަތިލުމަށް ހުޅުވާލައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ލުއި ލޯނު ސްކީމް، ”ހިޔާވެހި ފައިނޭންސް”ގެ ދަށުން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ. ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމުގައިވާ ގެދޮރު އިމާރާތްކުރުމަށް މާލީގޮތުން ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކުރެވިގެން “ހިޔާވެހި ފައިނޭންސިންގ” ނަމުގައި އިސްލާމިކް ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް މި ލޯން ސް...

ހެލްތު އެކްސްޕޯ 2024 ފަށައިފި
Raajje

ހެލްތު އެކްސްޕޯ 2024 ފަށައިފި

ސިއްހަތާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ހެލްތު އެކްސްޕޯ 2024 ރޭ ފަށައިފިއެވެ. ހެލްތު އެކްސްޕޯ 2024 ފެށުމަށް، އެ އެކްސްޕޯ ހުޅުއްވައި ދެއްވާފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ އޮތް ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. މިއީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ޞިއްޙީ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާއި ޞިއްޙީ ގޮތުން ދުޅަހެޔޮ އާދަތަކަށް އާންމުން ހޭލުންތެރިކުރުމާއި ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސިއްހަތާ ބެހޭ ވުޒާރާއިން އިންތިޒާމްކ...

ރަހީނުކޮށްފައި ހުރި މީހާ ސަލާމަތް ކުރެވުނީ އިނގިލި ބުރިކޮށްލަން އުޅެނިކޮށް
Raajje

ރަހީނުކޮށްފައި ހުރި މީހާ ސަލާމަތް ކުރެވުނީ އިނގިލި ބުރިކޮށްލަން އުޅެނިކޮށް

ގްރޫޕަކުން ރަހީނުކޮށްފައި ހުއްޓާ ރޭ ސަލާމަތް ކުރި މީހާ ސަލާމަތް ކުރެވުނީ އިނގިލި ބުރިކޮށްލަން ތައްޔާރުވެފައި ވަނިކޮށް ކިރިޔާ ކަމަށް ފުލުހުން ބުނެފިއެވެ. އެމީހާ ރަހީނުކޮށްފައި ހުރީ ހުޅުމާލޭ ފޭސް ދެއެއްގެ އެޗް9 ގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓުގެ ތެރޭގައެވެ. އެމީހާ ސަލާމަތްކުރުމަށްފަހު އެ ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްފައި ހުރިކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލެޖެންސަށް ރޭ ލިބުމާއެކު އެމީހާ ސަލާމަތްކުރުމަށް...

ގްރޫޕަކުން ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށްފި
Raajje

ގްރޫޕަކުން ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށްފި

ރަހީނުކޮށްފައި ހުރި މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތުން ސަލާމަތްކޮށްފިއެވެ. ހުޅުމާލެ ފޭސް 2 ގައި މީހަކު ރަހީނުކޮށްފައި ހުރި ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން މިރޭ ވަނީ ބުނެފައެވެ. ދާޚިލީ ވަޒީރު އަލީ އިހްސާން މިރޭ ބައެއް މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ވަނީ ހުޅުމާލޭ ފޭސް ދެއެއްގައި ފުލުހުންނާއި، ކަމާބެހޭ ފަރާތްތަކުން ހިންގި އޮޕަރޭޝަނެއްގައި، ގްރޫޕަކުން ރަހީނުކޮށްފައި ހުރި ދިވެހި ރައްޔިތަކު ސަލާމަތްކޮށްފައިވާކަމަށް ވިދާޅުވެފައެވެ. ”ގޭންގް ކުށްތަކާއި ދެ...

ދަރިވަރެއްގެ ދަބަސް ވަގަށް ނެގިކަމަށް ތުހުމަތުވާ މީހަކު ހައްޔަރަށް
Raajje

ދަރިވަރެއްގެ ދަބަސް ވަގަށް ނެގިކަމަށް ތުހުމަތުވާ މީހަކު ހައްޔަރަށް

ސައިކަލެއްގައި ބަހައްޓާފައި ހުރި ސްކޫލް ދަރިވަރެއްގެ ދަބަސް ވަގަށް ނެގިކަމަށް ތުހުމަތުވާ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، ނޮވެންބަރު 5 ވަނަ ދުވަހުގެ 08:48 ހާއިރު މާލޭގެ އަމީރު އަހުމަދުމަގު / ކަސްތޫރި ގޯޅި ހިމެނޭ ކަންމަތީ ޕާކުކޮފައި ހުރި ސައިކަލެއްގައި ބަހައްޓާފައި ހުރި ސްކޫލް ދަބަހެއް ވަގަށްނެގި މައްސަލައެއް ބަލާފައިވާ ކަމަށެވެ. މި ދަބަސް ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ނ. ވެލިދޫ / ހިފާޒް، އަޙްމަދު މާޖިދު (33އ) މިއަދު ވަނީ ކޯޓު […]

އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ނެއްލައިދޫގައި ޚާއްޞަ ހަވީރެއް
Raajje

އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ނެއްލައިދޫގައި ޚާއްޞަ ހަވީރެއް

އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ހދ. ނެއްލައިދޫގައި ޚާއްޞަ އިސްރަށްވެހިންގެ ހަވީރެއް ކުރިއަށް ގެންގޮސްފިއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، މި ހަވީރަކީ، ކުޅުދުއްފުށި ސިޓީގައި ހުންނަ ހދ ފެމިލީ އެންޑް ޗިލްޑްރެންސް ސާރވިސް ސެންޓަރާއި ދިވެހި ރެޑްކުރެންސެންޓް ނޯތު ރީޖަން އޮފީހާއި ފުލުހުން އަދި ނެއްލައިދޫ ކައުންސިލާއި އެރަށުގެ މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. މި ހަވީރުގެ ތެރެއިން އުފާވެރިކަމާއި، ލޯތްބާއި ކުލުނުގެ މާހައުލެއްގައި އިސްރަށްވެހި...

ވީއައިއޭގެ އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމް ހުޅުވައިފި
Raajje

ވީއައިއޭގެ އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމް ހުޅުވައިފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމް، މިއަދު ހުޅުވައިފިއެވެ. ވީއައިއޭގެ އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމް ހުޅުއްވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ފިއުލް ފާމާއެކު ވީއައިއޭގެ ފިއުލް ރައްކާކުރެވޭ ކެޕޭސިޓީ 13.5 މިލިއަން ލީޓަރުން 45 މިލިއަން ލީޓަރަށް އިތުރުވެގެންދާނެއެވެ. އަދި މި މަޝްރޫޢުއާއެކު ވީއައިއޭގެ ތެޔޮ ރައްކާކުރުމުގެ ޤާބިލުކަން ތިން ގުނަ އިތުރުކޮށްދޭނެއެވެ. މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް […]