3 ނޮވެމްބަރު 1988 ގައި ރާއްޖެ އަށް ކުރިމަތިވި ނުރައްކާތެރި އުދުވާނުގައި ރާއްޖެ އަށް ނަސްރު ލިބުނީ މާތް ﷲ ގެ ހަޟްރަތުން ކަމަށާއި، އެހެންކަމުން އަމިއްލަ ސަލާމަތަށްޓަކައި ވެސް އީމާންތެރިކަން ވަރުގަދަ ކުރަންޖެހޭކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރުން މިރޭ ބޭއްވި މިއަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދަައްކަވަމުންނެވެ.

Ad
rt

ރާއްޖޭގައި ނަޞްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހު ދިވެހިންގެ ބަޔަކު ބޭރުގެ ކުލީ ސިފައިންނާއެކު ރާއްޖެ އަރައި ދިން ޢުދުވާނީ ހަމަލާއިން ދިވެހިންނަށް ލިބުނު ނަސްރާއި ކާމިޔާބު ފާހަގަކުރުމުގެ ގޮތުން ނެވެ.

މި ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ، އެދުވަހު ރާއްޖެ އަށް ނަސްރު ލިބުނީ މާތް ﷲ ގެ ހަޟްރަތުން ކަމަށެވެ. އަދި އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން އަމިއްލަ ސަލާމަތަށްޓަކައި ވެސް އަޅުގަނޑުމެންގެ އީމާންތެރިކަން ވަރުގަދަ ކުރަންޖެހޭ ކަމަށާއި، އަޅުގަނޑުމެންގެ ހިތްތަކުގައި މާތް الله سبحانه وتعالى ގެ ހަޟްރަތަށް އޮންނަ އީމާންކަމާއި ލޯބި އިތުރުކުރަން ޖެހޭކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫންގެ ވާހަކަފުޅުގައި ސިޔާސީ ކަންކަމަށް ވުރެ ބޮޑަށް ގައުމީ އުސޫލުތަކަށް އަބަދު ވެސް އިސްކަންދޭން ޖެހޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.